މެދުއިރުމަތީގެ ހަނގުރާމައާއެކު ރާއްޖޭގެ 3 ސަރަހައްދެއްގައި 4 އަހަރުގެ ޕްލޭނެއްގެ ދަށުން ތެލުގެ ރިޒާވް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތައް ތެލަށް ޖެހިދާނެކަމުގެ ބިރު ހީވެފައިވާއިރު މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރާއްޖޭގައިވެސް ތެޔޮގެ ރިޒާވެއް ހުރުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ. އެ ގޮތުން ތިން ފޭސްއަކަށް ބަހާލައިގެން ތެޔޮގެ ރިޒާވެއް ގާއިމުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ތެލުގެ ރިޒާވެއް 4 އަހަރަށް ބަހާލައިގެން 3 ސަރަހައްދެއްގައި ގާއިމްކުރާއިރު، އެކަމަށް ގާތްގަނޑަކަށް 150 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކޮންމެ ސަރަހައްދެއްގައި ވެސް އޮއިލް ރިޒާވް ގާއިމުކުރުމަށް ގާތްގަނޑަކަށް ދޮޅު އަހަރާއި ދެ އަހަރުގެ މުއްދަތެއް ހޭދަވާނެ ކަމަށް ލަފާކުރެވެ އެވެ. އެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ 4-5 އަހަރާ ދެމެދުގެ މުއްދަތެއްގައި ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮންމެ ފިޔަވައްސަކަށް ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު އިންވެސްޓްކުރަންޖެހޭ ކަމަށެވެ. އެ މަސައްކަތް ކުރާނީ އޭގެ ސަބަބުން ލިބޭނެ ފައިދާ އާއި ގެއްލުންތައް ބަލައި އެކަން ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭނެ ގޮތަކަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.



