ހުޅުމާލޭގެ ފޭސް 1 ގައި ގާއިމްކޮށްފައިވާ 704 ފްލެޓުތައް ސާފުކުރުމާއި މެއިންޓެނެންސްގެ މަސައްކަތް އެޗްޑީސީއާ ރަސްމީކޮށް ހަވާލުކުރުމާ ގުޅިގެން، އެ ފްލެޓުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ފަށައިފިއެވެ.
އެޗްޑީސީ އިން ފްލެޓުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
މިއީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި، 2002 ވަނަ އަހަރު ހުޅުމާލޭގައި ގާއިމުކުރި ފްލެޓްތަކެކެވެ. މި ފްލެޓްތަކަށް މިހާރު 24 އަހަރު ވެފައިވާއިރު، މެއިންޓެނެންސްގެ މަސައްކަތް އެންމެ އެކެށީގެންވާ ގޮތަށް ސަރުކާރުން ފާއިތުވެފިޔަ އަހަރުތަކުގައި ކުރެވިފައި ނެތްކަން ފާހަގަކޮށް ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.
އެގޮތުން، ރައްޔިތުންގެ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މަސައްކަތް އެޗްޑީސީ ހަވާލުކުރެވި މި ފްލެޓްތަކަށް ބޭނުންވާ މަރާމާތުގެ މަސައްކަތްތައް ވަނީ ފަށާފައެވެ.
މީގެ އިތުރުން، ފްލެޓްތައް ކައިރި ސާފުތާހިރުކޮށް ބެހެއްޓުމަށް ވެސް އެޗްޑީސީ އިން ދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



