Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުން: އިޖުތިމާޢީ ގޮތުންނާއި އިގްތިސާދީގޮތުން ޤައުމަށް ފައިދާ ކުރާނެ!

ad image

ގުޅުންހުރި ލިޔުންތައް

ޤައުމަށް ހެޔޮ އެދޭ އެއްވެސް މީހަކު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅު ނުހަދާނެ ކަމަށާއި އިޖުތިމާޢީ ގޮތުންނާއި އިގްތިސާދީގޮތުން ޤައުމަށް އެންމެ ފައިދާ ކުރާނީވެސް މިގޮތްކަން ގަބޫލުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް އިން ގެނެސްދޭ “ހޭލުން” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވާގޮތަށް ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ކޮންމެހެން ކުރަންޖެހިފައިވާ، އަދި މިހާތަނަށް ނުކުރެވި އޮތް ކަމެއް ކަމަށެވެ. މިއީ އިޖުތިމާޢީ ގޮތުންނާއި އިގްތިސާދީގޮތުން ބެލި ކަމުގައިވީނަމަވެސް ޤައުމަށް ފައިދާ ކުރާނެ ކަމެއް ކަމަށާއި މީގެ ސަބަބުން ޚަރަދުތައް ކުޑަކުރެވޭނެކަންވެސް ގާސިމް އިބްރާހިމް ފާހަގަކުރެއްވިއެވެ.

ޤާސިމް ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ޤައުމުގެ އަމާންކަމާއި މަސްލަހަތުވެސް ދެމެހެއްޓޭނެ ކަމަށެވެ. އަދި އިންތިޚާބުތަކާ ގުޅިގެން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުޅުވިގެންދާ ދޮރުތައް ބަންދުކުރުމަށްވެސް ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

“ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވަނީ ދިވެހި ޤައުމަށް ހެޔޮއެދޭ އިޚްލާސްތެރި، އެއްވެސް މީހަކު މިއާ ދެކޮޅަށް ވޯޓުލާކަށް އަޅުގަނޑަކަށް ނުފެެނޭ. އަޅުގަނޑަށް ފެންނަނީ މިއީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް. އިނގިރޭސިބަހުން ދަންނަވާނަމަ ލޯންގް އޮވަޑިއުއެއް މިއީ. އަޅުގަނޑު ޝައްކެއް ނުކުރުން ހެޔޮ ނަޒަރަކުން ރަނގަޅު ވިސްނުމަކުން ވިސްނައިފިއްޔާ މިކަމާ ދެކޮޅު ހަދާނެ އެއްވެސް މީހަކު ހުންނާނެ ކަމަށް،” ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ މިހާރު ޤާނޫނުއަސާސީ އޮތްގޮތުން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކު ވެރިކަމުގެ ފުރަތަމަ ހަ މަސްދުވަހު މަސައްކަތް ކުރަންޖެހެނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ބަދަލުގައި ކުރިއަށް އޮތްތަނުގައި އެ ޚިދުމަތް ކުރެވޭނެ މަގުފަހިކުރުމަށް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ކަމަށެވެ. އެހެންނަމަވެސް ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިފިނަމަ އެ ހަ މަސްދުވަސްވެސް އެއިރެއްގައި ހުންނަ ރައީސަކަށް ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ލިބިގެންދާ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

މީގެ އިތުރުން ޤައުމަށް ކުރިއެރުން ލިބޭނީ ޤާނޫނުއަސާސީއަށް ކޮންމެ ބަދަލެއް ގެނެސްގެން ކަމަށްވިއަސް، އަމާނާތްތެރި، ތެދުވެރި، އަދި ވިޝަނަރީ ވެރިޔެއް ޤައުމުގައި ހުރެގެން ކަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ