Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުން: މިއީ ގައުމަށް ހަމަޖެހުން އިތުރުވެގެންދާނެ ކަމެއް!

ad image

ގުޅުންހުރި ލިޔުންތައް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ގައުމަށް ހަމަޖެހުން އިތުރުވެގެންދާނެ ކަމަށާއި ރާއްޖޭގައި ކުރިއަށްދާނެ މަގެއް ކަނޑައަޅަންޖެހޭ ކަމަށް ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާ މިހެން ވިދާޅުވީ، އަންނަ މަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ސުވާލާ ގުޅޭގޮތުން ޕޮލިސީ އެމްވީން ކުރިއަށް ގެންދިޔަ “ސިޔާސާތު ޚާއްސަ” ފޯރަމުގައި ވާހަކަދައްކަވަމުންނެވެ.

އާޒިމާ ވިދާޅުވީ މިހާރު އޮތް ގާނޫނީ އޮނިގަނޑަށް ބަލާއިރު އަޅުގަނޑުމެން އަބަދު މި އުޅެނީ އިންތިހާބީ ސައިކަލެއްގައި ކަމަށެވެ. ފަސް އަހަރުގެ ތެރޭގައި ތިން އިންތިހާބު ބޭއްވުމަކީ ބޮޑު މައްސަލައެއް ކަމަށާއި އޭނާ ދެކޭގޮތުގައި އިންތިހާބުތައް މަދުކުރަން ޖެހޭ ކަމަށެވެ.

“މިއަކުން ޑިމޮކްރަސީއަށް އަންނަ ސުވާލެއް މަދެއްނުވޭ. ރައީސްއަކު އިންތިހާބު ކުރުމުގައި ރައީސްގެ ސުވާލު ރައްޔިތުންނަށް އެބަ އާދޭ. ޑިމޮކްރެސީގެ ސުވާލުގެ އަދަދުތޯ މަދުވަނީ ނުވަތަ ސުވާލު އަހާ ފަހަރުތޯ މަދުވަނީ. އެއްވެސް ހާލެއްގައި މަޖިލީހުގެ މެންބަރަކަށް އަޅުގަނޑުގެ ދާއިރާއަށް އިންތިހާބުކުރާނީ މިވެނި މީހަކުތޯ އޭގައި ބުނާބުނުމެއް މަދެއް ނުވޭ.” އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ ދުސްތޫރީ އޮނިގަނޑަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަބަދު ރައްޔިތުންނަށް ފޭވާކޮށްދީގެން، ވަޒީފާ ދީގެން ޑިމޮކްރެސީ ނުހިންގޭނެ ކަމަށް ވިދާޅުވިއެވެ. އަދި ގައުމެއްގެ ހައިސިއްޔަތުން އަމިއްލަ އިސްކޮޅާ ހަމައަށް ކޮޅަށް ތެދުވަންޖެހޭ ކަމަށާއި ކޮޅަށް ތެދުވެވޭނީ ގައުމު ބިނާކޮށްގެން ކަމަށް އާޒިމާ ވިދާޅުވިއެވެ. ގައުމަށް ހަމަޖެހުން ބޭނުންވާ ކަމަށާއި ބާރުގަދަ ރިޔާސީ ނިޒާމެއް ބޭނުންވާ ކަމަށެވެ

“ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނީ މައްސަލައެއް އަދި ނުފެނެ. ގާނޫނު ވަރަށް ސާފު. މިހާ ހިސާބަށް ވެސް ސްޕްރީމް ކޯޓުން އަޑުއިވިފައިވަނީ އެ މާއްދާ ނުވަތަ އެ ސުވާލު ފަރުމާކޮށްފައިވާ ގޮތް ގޯހީ. އިބާރާތް ގޯހީ. އެކަމު އެއީ މީހުންނާއި ކުރެވޭނެ ސުވާލެއް ނޫނޭ އެއްވެސް މީހަކު ބުނެފައެއް ނެތް. މިއީ އެއް ދުވަހު ބޭއްވޭނެ އެއްޗެއް ނޫނޭ.” އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ ރާއްޖޭގައި ކުރިއަށްދާނެ މަގެއް ކަނޑައަޅަންޖެހޭ ކަމަށާއި ގައުމަށް ހަމަޖެހުން އިތުރުވެގެންދާނީ އޭރުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ