Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނީ ވަކީލް ޝާހީން ތާއީދުކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ މައި ދެ އިންތިހާބު ކަމަށްވާ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތަޖުރިބާކާރު ގާނޫނީ ވަކީލް ޝާހީން ހަމީދު ތާއީދުކުރައްވައިފިއެވެ. ޝާހީން މިކަން ހާމަކުރެއްވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، ބާ ކައުންސިލުން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝާހީން ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކުން އިންތިހާބީ އެއްވެސް ހައްގެއް އުނިނުވާނެ ކަމަށެވެ. އަދި ގާނޫނުއަސާސީއަށް ގެންނަ މި ބަދަލަކީ ދެ އިންތިހާބު އެއްކޮށްލުން ނޫން ކަމަށާއި، އެއީ އެއް ދުވަހެއްގައި ދެ އިންތިހާބު ކުރިއަށް ގެންދިއުންކަން އޭނާ ފާހަގަކުރެއްވިއެވެ.

“ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކުން ގާނޫނުއަސާސީގެ އޮނިގަނޑަކަށް މާބޮޑު ބަދަލެއް އަންނާނެ ކަމަކަށް އަޅުގަނޑަކަށް ނުބެލެވޭ. އަދި ފާރަވެރިވުމުގެ ނިޒާމަށް ވެސް މާބޮޑު ބަދަލެއް އަންނާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،” ޝާހީން ވިދާޅުވިއެވެ.

ދެ އިންތިހާބު އެއްކޮށް ބޭއްވުމާ މެދު އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބާ ދިމާކޮށެވެ. މިކަމާ ގުޅޭގޮތުން ސަރުކާރުން ބުނަމުންދަނީ ދެ އިންތިހާބު އެއްކުރުމަކީ ޑިމޮކްރަސީގެ ސިފައެއް ކަމަށާއި، އިންތިހާބުތައް ގިނަވުމަކީ ގައުމުގެ ހަމަޖެހުން ގެއްލޭ ކަމެއް ކަމަށެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީން ދަނީ މި ބަދަލާ ދެކޮޅަށް ކެމްޕޭން ކުރަމުންނެވެ.

މީގެ އިތުރުން، ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތަކާ ގުޅޭގޮތުން “އެދޭ ރާއްޖެ” ހަރަކާތުން ވެސް ވަނީ ގިނަ ކަންތައްތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރުމާއި، މަޖިލިސް ތަރުތީބުކުރުމާއި، އަދުލު އިންސާފުގެ ދާއިރާ މިނިވަންކުރުމުގެ އިތުރުން ދައުރުގެ މެދުތެރެއިން މިޑްޓާމް އިންތިހާބު ބޭއްވުމުގެ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ.

އަދި ސިޔާސީ މަގާމުތަކަށް އައްޔަނުކުރެވޭ އަދަދު ކަނޑައެޅުމާއި، ދައުލަތް ޖަވާބުދާރީކުރުވުމުގެ ނިޒާމު ހަރުދަނާކުރުމަށް ވެސް އެ ހަރަކާތުން ވަނީ ގޮވާލާފައެވެ. މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީއަށް 17 އަހަރު ފުރިފައިވާއިރު، މިފަދަ އިސްލާހުތަކަކީ ޑިމޮކްރަސީ ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި ގިނަ ފަރާތްތަކަކުން ދެކެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ