ލ. ގަމުގައި ފުލުހުންނަށް ހާއްސަ އެކޮމޮޑޭޝަން އިމަރާތެއް ރަސްމީކޮށް ހުޅުވައިފިއެވެ. މިއީ އަތޮޅުތެރޭގެ ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމާއި، ފުލުހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު މަޝްރޫއެކެވެ.
މިކަމަށްޓަކައި ލ. ގަމުގައި ބޭއްވި ރަސްމިއްޔާތުގައި އެކޮމޮޑޭޝަން ހުޅުއްވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރ، އަލީ އިހްސާނާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އެވެ. ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއަރ އޮފިސަރުންނާއި އެކި ރޭންކުތަކުގެ ފުލުހުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހަތަރު ބުރިއަށް އިމާރާތް ކުރެވިފައިވާ 50 މީހުންގެ ޖާގައިގެ އިމާރާތުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަސީލަތްތައް ތަރައްގީކުރުމަށްޓަކައި ގިނަ މަޝްރޫއުތަކެއް އަތޮޅުތެރޭގައި ދަނީ ހިންގަމުންނެވެ.



