ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީން ބޮޑު ކުރިއެރުމެއް ހޯދައި، އިންތިހާބުގެ އެންމެ ކުރިން ޖާގަ ހޯދާފައިވާކަން އިލެކްޝަން ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކައިފިއެވެ. މި އިންތިހާބުގައި ޕީއެންސީން ވަނީ ގިނަ ކައުންސިލްތަކެއްގެ މެޖޯރިޓީ ކާމިޔާބުކޮށްފައެވެ.
އީސީގެ ވަގުތީ ނަތީޖާއަށް ބަލާއިރު ޕީއެންސީން 257,639 ވޯޓު (43.0%) ހޯދާފައިވާއިރު، އިދިކޮޅު އެމްޑީޕީއަށް ލިބިފައިވަނީ 257,169 ވޯޓު (40.1%) އެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުން ވަނީ 97,767 ވޯޓު (15.2%) ހޯދާފައެވެ.
މި ނަތީޖާއިއުލާންކުރައްވަމުން ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިންތިހާބުގެ ނަތީޖާއިން ބުނެދޭ ހަގީގަތަކީ، ދިވެހި ރައްޔިތުންގެ ބޮޑު އިންސައްތައެއްގެ ފުރިހަމަ އިތުބާރާއި ތާއިދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އޮތްކަން ކަމަށް ވިދާޅުވެފައެވެ.
މުހައްމަދު އިސްމާއިލް ވަނީ ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައި، ކުރިއަށް އޮތް ލަނޑުދަނޑިތަކަށްވެސް އަލިއަޅުވާލައްވާފައެވެ.
“އަޅުގަނޑުމެން ހަމަނޭވާލާނީ 2028 ގެ ރިޔާސީ އިންތިހާބު ދިވެހިރައްޔިތުންގެ ރައީސް ޑރ. މުއިއްޒަށް ކާމިޔާބު ކޮށްދިނުމަށްފަހު، އިންޝާﷲ،” އޭނާ ވިދާޅުވިއެވެ.



