Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ފްރިޖަށް މައްސަލައެއް ދިމާވި ނަމަވެސް، ބޭނުންކުރި ލޭ ތަޣައްޔަރުވެފައި ނުވާކަމުގެ ޔަގީންކަން ދީފި

ad image

ގުޅުންހުރި ލިޔުންތައް

މޯލްޑިވިއަން ބްލަޑް ސާވިސަސްގައި ލޭ ރައްކާކުރާ އައިސް އަލަމާރިއަކަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާކަން ފާހަގަ ވެފައިވާއިރު، އޭގައި ބަހައްޓާފައި ހުރި ލޭ ޕެކެޓުތަކެއް ތިން މީހެއްގެ ގަޔަށް އެޅިފައި ވިޔަސް އެއީ ކުނިވެފައިވާ ނުވަތަ ތަޣައްޔަރުވެފައި ހުރި ލޭ ނޫންކަމުގެ ޔަގީންކަން ސިއްހީ ގޮތުން ބަލާއިރު ލިބޭ ކަމަށް އެ އިދާރާ އިން ބުނެފިއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 20 ވަނަ ދުވަހު ތެލެސީމިއާ ކުދިންނަށް އަޅާފައިވާ ލެޔަކީ، ކުނިވެފައިވާ ނުވަތަ ތަޣައްޔަރުވެފައިހުރި ލޭ ނޫންކަމުގެ ޔަޤީންކަން ސިއްޙީ ގޮތުން ބަލާއިރު އެނގޭ ކަމަށެވެ. ލޭ ރައްކާކުރާ ދެ ނަމްބަރު އައިސް އަލަމާރި އަށް ޓެކްނިކަލް މައްސަލައެއް ދިމާވިކަން އެނގުނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ 10:11 ހާއިރު، އެ ފްރީޒަރުގެ ޓެމްޕަރޭޗާ މޮނީޓާ ކުރާ އެލާޓް ސިސްޓަމުން މެސެޖުތަކެއް ލިބެން ފެށުމުންނެވެ.

މި މައްސަލައާއި ގުޅިގެން ކަމާގުޅޭ މުވައްޒަފުން ވަގުތުން ހާޒިރުވެ، ސްޓޭންޑްބައި ފްރީޒަށް 12 ލޭ ޕެކެޓް ބަދަލުކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ. އަދި ޖެހިގެން އައި ހޯމަ ދުވަހު ހުޅުމާލެ ހޮސްޕިޓަލްގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުގެ ފަންނީ ޓީމާއެކު، މެޑިކަލް ގްރޭންޑް މެޝިންތަކަށް މައްސަލަ ދިމާވުމުން އަމަލުކުރާ އުސޫލުގެ ދަށުން މަސައްކަތް ކުރެވުނު ކަމަށް ބްލަޑް ސާވިސަސް އިން ބުންޏެވެ.

ފްރީޒަރުގެ ފިނިހޫނުމިން 11 ޑިގްރީއަށް އަރާފައިވާކަން ފާހަގަވީ ނަމަވެސް، ސިއްހީ މިންގަނޑުތަކަށް ބަލާއިރު 10 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތި ނުވާ ގޮތަށް ޖުމުލަ ހަތަރު ގަޑިއިރު ވަންދެން ރައްކާތެރިކަމާ އެކު ލޭގެ ޕެކެޓުތައް ބެހެއްޓޭނެކަން އެނގެން އޮންނަ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ. 

ފްރީޒަރަށް މައްސަލައެއް ދިމާވާ ހާލަތެއްގައި 10 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތި ނުވާ ގޮތަށް ޖުމުލަ ހަތަރު ގަޑިއިރު ވަންދެން ރައްކާތެރިކަމާ އެކު، ފްރީޒަރުގައި ލޭގެ ޕެކެޓުތައް ބެހެއްޓޭނެކަން ސިއްހީ މިންގަނޑުން އެނގެން އޮވެ އެވެ،” ބަޔާނުގައި ބުންޏެވެ.

މި މައްސަލަ ދިމާވި ފްރީޒަރުގައި ހުރި ލޭ ތިން މީހެއްގެ ގަޔަށް އަޅާފައިވާކަން ފާހަގަވީ އެމީހުންނަށް ލޭ އަޅާ ނިމުނު ފަހުންނެވެ. ބްލަޑް ސާވިސް އިން ބުނީ، އެ ތިން މީހުންނަށް ވެސް މިކަން ހިނގައިދިޔަ ގޮތް އަންގާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން އެ އިދާރާއިން ދަނީ ބަލަމުންނެވެ.

އަދި ކަންހިނގައިދިޔަ ގޮތަށްބަލައި، ލޭ އެޅުމުގައި ޝާމިލްވާ ޚިދުމަތްތެރީން ފާހަގަކޮށް އިހުމާލު ވެފައިވޭތޯ ކަށަވަރުކުރުމަށްޓަކައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ތަޙުޤީޤު ޓީމެއް އެކުލަވާލައި، ތަޙުޤީޤެއް ފަށާފައިވާ ކަމަށާއި އަދި ލޭ އެޅުމުގެ ކަންކަމާ ހަވާލުވެހުރި ފަރާތުން، ލޭ އެޅުމުގެ ކުރިން އަންގަންޖެހޭ މަޢުލޫމާތު އެންގުމުގައި އިހުމާލުވެފައިވާކަމަށް ތުހުމަތުކުރެވި މިމަހުގެ 23 ވަނަ ދުވަހު ތަހުޤީގު ބޭނުމަށް އޮފީހަށް ނުކުތުން މަނާކުރެވިފައިވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ