Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ދައުލަތަށް އާމްދަނީގެ ގޮތުގައި 13.6 ބިލިއަން ރުފިޔާ ލިބި، ބަޖެޓު ސާޕްލަސްއަކަށް

ad image

ގުޅުންހުރި ލިޔުންތައް

މި އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 13.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ހާމަކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މި އަހަރުގެ 15 ވަނަ ހަފުތާގެ މާލީ ރިޕޯޓަށް ބަލާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 12.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 11.6 ޕަސެންޓުގެ ކުރިއެރުމެކެވެ.

މާލީ ހިސާބުތަކުން ދައްކާގޮތުގައި، ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 10.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ލިބިފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ (ޓީޖީއެސްޓީ) އިންނެވެ. ޓީޖީއެސްޓީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ މިދިޔަ އަހަރަށްވުރެ 17.5 ޕަސެންޓް އިތުރު އަދަދެކެވެ. މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 768.0 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި 649.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ދައުލަތުގެ ޖުމްލަ ހަރަދު މިހާތަނަށް ވަނީ 12.0 ބިލިއަން ރުފިޔާ އަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ 10.3 ބިލިއަން ރުފިޔާއަށްވުރެ 16.9 ޕަސެންޓް އިތުރު އަދަދެކެވެ. ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވެފައި ވަނީ ސަބްސިޑީއަށް ކުރާ ހޭދައެވެ. އެގޮތުން ސަބްސިޑީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 36.2 ޕަސެންޓުގެ އިތުރުވުމެކެވެ.

ރިކަރަންޓް ހަރަދުތަކަށް ބަލާއިރު، މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް 4.0 ބިލިއަން ރުފިޔާ ހޭދަވެފައިވާ އިރު، އިދާރީ އަދި ހިންގުމުގެ ހަރަދުތަކަށް 6.7 ބިލިއަން ރުފިޔާ ވަނީ ހޭދަވެފައެވެ. އަދި ހަރުމުދަލަށް ކުރާ ހަރަދު ނުވަތަ ކެޕިޓަލް ހަރަދު ވަނީ 1.3 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދައުލަތުގެ ބަޖެޓު މިވަގުތު އޮތީ 1.6 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ. މިއީ ލިބުނު އާމްދަނީ ހަރަދުތަކަށްވުރެ އިތުރުވުމުގެ ސަބަބުން އައިސްފައިވާ ހެޔޮ ބަދަލެކެވެ.

މީގެ އިތުރުން، ސަރުކާރުގެ ކެބިނެޓަށާއި މުއައްސަސާތަކުގެ އޮނިގަނޑަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން، ދައުލަތުގެ ވުޒާރާތަކާއި އިދާރާތައް ތަރުތީބުކޮށްފައިވާ ގޮތަށް އިސްލާހުތަކެއް ގެނެސްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މި ބަދަލުތައް މާލީ ރިޕޯޓުގައި ހިމަނާފައިވަނީ ރައީސް އޮފީހުން މި މަހުގެ 15 ވަނަ ދުވަހު ނެރުނު އިރުޝާދާ އެއްގޮތަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ