މޯލްޑިވްސް ޑިޖިޓަލް ސަމިޓް އަންނަ ހޯމަ ދުވަހު ފަށަން ނިންމައިފި އެވެ.
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނީ މި ސަމިޓް ބޭއްވުމަށް ތާވަލުކުރެވިފައިވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ތިން ދުވަހުގެ މުއްދަތަކަށް ބާސެލޯ ނަސަންދުރައިގައި ކަމަށެވެ.
މި ސަމިޓް ބޭއްވުމަށް މޯލްޑިވްސް ޑިޖިޓަލް ސަރވިސް އާއި ޑީމެޑް ޕްރޮޖެކްޓް ޓީމުން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، މި ސަމިޓަކީ މޯލްޑިވްސް 2.0 ގެ ރޯޑްމެޕްގައި ހިމެނޭ ހަރަކާތްތަކާއި، މޯލްޑިވްސް 52.0 ވިޝަން ޙާޞިލުކުރުމަށްޓަކައި މުޙިއްމު ދައުރެއް އަދާކުރާނެ ސަމިޓެކެވެ.
މި ސަމިޓަކީ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަ އިނީޝިއޭޓިވްތައް އިތުރަށް ހަރުދަނާ ކުރުމަށް ދުނިޔޭގެ ލީޑަރުންނާއި ބައިނަލްއަޤްވާމީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ބައިނަލްއަޤްވާމީ ޑިޖިޓަލް ޓްރާންސްފޯމޭޝަން އެކްސްޕާޓުން އެއްތަނަކުން ފެނިގެންދާނެ ސަމިޓެއް ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.



