Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ފުލުހުންގެ ހިދުމަތުގައި އަންހެނުން އިތުރުވުމަކީ އަމާންކަން ކަށަވަރުކުރުމަށް ލިބޭ ބޮޑު ކުރިއެރުމެއް: މެޑަމް ސާޖިދާ

ad image

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ ހިދުމަތުގައި އަންހެނުންގެ ދައުރު އިތުރުކުރުމަކީ ހަމައެކަނި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކުރެވޭ މަސައްކަތެއް ނޫން ކަމަށާއި، އެއީ ގައުމުގެ ސުލްހަވެރިކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ލިބޭ މުހިންމު ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިހެން ވިދާޅުވީ ‘މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ’ (އެމް.ޑަބްލިޔު.ޕީ.ސީ) ގެ 2026 އިން 2028 އަށް ހިނގާ ތިންވަނަ ދައުރު އިފްތިތާހު ކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތަށް އެކަމަނާ ވަޑައިގަތުމުން ވަނީ ގާޑް އޮފް އޮނަރ އެއް އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ، ފުލުހުންގެ ތެރޭގައި އަންހެން އޮފިސަރުން އިތުރުވުމުން އާންމުންގެ އިތުބާރު ބޮޑުވެ، މުޖުތަމައުގެ އެއްބާރުލުން އިތުރުވާ ކަމަށެވެ. ހާއްސަކޮށް ގެވެށި އަނިޔާއާއި މިންތީގެ ތަފާތުކުރުންތަކާ ގުޅުންހުރި ނާޒުކު މައްސަލަތަކުގައި އަންހެން އޮފިސަރުންގެ ދައުރު ފާހަގަކުރެއްވިއެވެ. އެކަމަނާ ވަނީ އަންހެން އޮފިސަރުން ހަމައެކަނި އިދާރީ މަސައްކަތްތަކުގައި ބޭތިއްބުމުގެ ބަދަލުގައި، އޮޕަރޭޝަނަލް އަދި ޓެކްނިކަލް ދާއިރާތަކުން ކުރިއަށް ދިއުމަށް ބާރުއަޅުއްވާފައެވެ.

ރާއްޖޭގެ ތައުލީމީ އަދި ސިއްހީ ދާއިރާގައި އަންހެނުންގެ ނިސްބަތް މަތި ނަމަވެސް، ފުލުހުންގެ ހިދުމަތުގައި އެ އަދަދު އަދިވެސް މަދުކަން ފާހަގަކުރައްވައި، އިތުރު އަންހެނުން މި ދާއިރާއަށް ނެރުމަށް ދެމެހެއްޓެނިވި ސިޔާސަތުތަކެއް ބޭނުންވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. މީގެ ތެރޭގައި އާއިލީ ޒިންމާތަކާއެކު ވަޒީފާގައި ދެމިތިބެވޭނެ ފަދަ މާހައުލެއް ބިނާކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ އެމް.ޑަބްލިޔު.ޕީ.ސީގެ އައު ލޯގޯ އިފްތިތާހު ކޮށްދެއްވައި، ކޮމިޓީގެ މެންބަރުންނަށް އައްޔަން ކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ. ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވަނީ އެކަމަނާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

ނިންމަވާލައްވަމުން ފަސްޓް ލޭޑީ ވަނީ ފުލުހުންގެ ހިދުމަތަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމުގެ މައިބަދަ ކަމަށް ސިފަކުރައްވައި، ގާނޫނީ އިމުގެ ތެރެއިން އިހުލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުމަކީ މަތިވެރި ގައުމީ މަސައްކަތެއްކަން ހަނދާންކޮށްދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ