ސަލްޓަން ޕާކު މަރާމާތު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ވަކި ވަގުތުތަކެއްގައި އެ ޕާކު ބަންދުކުރަން ނިންމައިފައިވާ ކަމަށް އާބަން ޑިވެލޮޕްމަންޓުން މިނިސްޓްރީން އިއުލާންކޮށްފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ސަލްޓަންޕާކު މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތްތައް، އިއްޔެއިން ފެށިގެން ކޮންމެ ދުވަހަކު އިރުއޮއްސި 18:00 އިން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަަމަށެވެ.
ސަލްޓަން ޕާކު ވިރާނާވެ، ހަލާކުވަމުންދާތީ އެ ތަން ތަރައްގީ ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ފެބްރުއަރީ 19ގައި މިނިސްޓްރީގެ ދަށަށް ބަދަލުކުރިއެވެ.
ސަލްޓަން ޕާކު މަރާމާތުކުރުމުގެ މަސައްކަތް ފެބްރުވަރީ މަހުގެ ތެރޭގައި ވަނީ ފަށާފައެވެ. އަދި އެ މަސައްކަތްތަކުގެ ބައެއް ނިންމުމަށް ފަހު ސަލްޓަން ޕާކް މިދިޔަ އީދު ދުވަހު ވަނީ އާއްމުންނަށް ހުޅުވައިފައެވެ.



