Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

މަސައްކަތުގެ ފެންވަރު މަތިކުރުމަށް ފުލުހުންގެ އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

ad image

ގުޅުންހުރި ލިޔުންތައް

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި އެ މުވައްސަސާގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި ބަދަލުތަކަކީ ފުލުހުންގެ ޚިދުމަތް ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ މަގުސަދުގައި ގެނެސްފައިވާ ބަދަލުތަކެއް ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއެވެ.

އައު އޮނިގަނޑުގެ ދަށުން ފުލުހުންގެ ޚިދުމަތްތަކާއި، ތަހުގީގީ ދާއިރާ، އިންޓެލިޖެންސް، ފޮރެންސިކް، އަދި އޮޕަރޭޝަނަލް ސަޕޯޓް ފަދަ މުހިންމު މަސައްކަތްތައް ވަނީ 14 ކޮމާންޑެއްގެ ދަށުން ތަރުތީބުކުރެވިފައެވެ. މީގެ ކުރިން 2025 އޮކްޓޯބަރު 1 ގައި އަމަލުކުރަން ފެށި އޮނިގަނޑުގައި 17 ކޮމާންޑެއް ހިމެނުނު ނަމަވެސް، އައު ބަދަލާއެކު މި އަދަދު ވަނީ 14 އަށް މަދުކޮށްފައެވެ. އައު ކޮމާންޑްތަކުގެ ތެރޭގައި އޮފީސް އޮފް ދަ ކޮމިޝަނަރ، ނޭޝަނަލް އިންޓެލިޖެންސް ސަރވިސް، ސެންޓްރަލް އިންވެސްޓިގޭޝަންސް، އަދި ސަރަހައްދީ ޕޮލިސް ކޮމާންޑްތައް ހިމެނެއެވެ.

މި ބަދަލުތައް ފަރުމާކޮށްފައިވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމާއެކު، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދޭ ނިޒާމެއް ގާއިމުކުރުމަށެވެ. މީގެ އިތުރުން، ޚިދުމަތް ދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ފުޅާކުރުމާއި، ރާއްޖޭގެ އަމަންއަމާންކަމަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ލިބިފައިވާ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަށަވަރުކުރުމަކީ މި އިސްލާހީ ބަދަލުގެ މައިގަނޑު އެއް މަގުސަދު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އައު އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތާއި، ހިންގުމުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ އަމަލީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. މި ބަދަލާއެކު ފުލުހުންގެ މުވައްސަސާގެ ހިންގުން އިތުރަށް ހަލުވިވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ރައްކާތެރިކަމުގެ ޚިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ