Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ތިލަފުށީގައި އައު ވިޔަފާރި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ޗައިނާގެ ސީއެޗްއީސީއާ ހަވާލުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން، އެ ރަށުގެ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލް (މަގަތު ފާލަން) ތަރައްގީކުރުމުގެ މަސައްކަތް ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ކެޕްޓަން ހުސައިން ޝަފީގެވެ. އަދި ސީއެޗްއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު މާއޯ ބާއޯ އެވެ.

މި މަޝްރޫއުގެ ދަށުން ބައިނަލްއަގްވާމީ މުދާ އުފުލާ ބޮޑެތި ބޯޓުފަހަރަށް ހާއްސަކޮށް 14.6 މީޓަރު ފުން، 375 މީޓަރު ދިގު ކީ-ވޯލްއެއް ތަރައްގީކުރެވޭނެއެވެ. މީގެ އިތުރުން ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުތަކަށް ހާއްސަކޮށް 5 މީޓަރު ފުން، 820 މީޓަރު ދިގު ޑޮމެސްޓިކް ކީ-ވޯލްއެއް އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިއީ މާލޭ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިއްމު މަސައްކަތެކެވެ.

އައު ބަނދަރުގެ ހިދުމަތް ފެށުމާއެކު، މުދާ ބޭލުމަށް މިހާރު ހޭދަވާ 7 ދުވަސް 2 ދުވަހަށް ކުރުވެ، ހިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ. ޒަމާނީ ގެންޓްރީ ކެރޭނާއި ވަސީލަތްތަކާއެކު ބޮޑެތި ބޯޓުފަހަރުތަކުން މުދާ ގެނައުމުގެ މަގު ފަހިވުމުން، ފްރައިޓް ކުޑަވެ، އާންމު ރައްޔިތުންނަށް މުދާ ލިބޭ އަގު ހެޔޮވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން އުންމީދު ކުރެއެވެ. މީގެ އިތުރުން މާލޭ ބަނދަރުގެ ބޭރުގައި ބޯޓުފަހަރު ބާއްވައިގެން މުދާ ބޭލުމުގެ އޮޕަރޭޝަންތައް ވެސް މި މަޝްރޫއާއެކު ނިމުމަކަށް އަންނާނެއެވެ.

މާލޭ ބަނދަރަށްވުރެ 10 ގުނަ ބޮޑު ސަރަހައްދެއްގައި ތަރައްގީކުރާ މި ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމުމަށް ތާވަލުކޮށްފައިވަނީ 11 ނޮވެމްބަރު 2027 އަށެވެ. މި މަޝްރޫއުގެ ބައެއް މަސައްކަތްތައް މިހާރުވެސް އެމްޓީސީސީ އާ ހަވާލުކުރެވިގެން ބާރުސްޕީޑުގައި ކުރިއަށްދާއިރު، މިއީ ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވިކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ