Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ސާކް އަލުން އާލާކޮށް ހަރަކާތްތެރި ކުރުވުމަށް ފެސިލިޓޭޓަރެއްގެ ދައުރު އަދާކުރުމަށް ރާއްޖެ ތައްޔާރު: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

އެސޯސިއޭޝަން ފޯ ސައުތު އޭޝިއަން ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ހަރަކާތްތައް އަލުން އާލާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެހީތެރިވެދިނުމުގެ ގޮތުން ފެސިލިޓޭޓަރެއްގެ ދައުރު އަދާކުރުމަށް ދިވެހިރާއްޖެ އޮތީ ތައްޔާރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ “ޤައުމީ ޕޮޑްކާސްޓް” ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެކުނު އޭޝިއާ ސަރަޙައްދުގެ ދެމިއޮންނަނިވި ސުލްހައާއި ހަމަޖެހުން ހޯދޭނީ މަޝްވަރާގެ ތެރެއިން ކަމަށާއި، ސަރަޙައްދީ އެއްބާރުލުން ވަރުގަދަކުރުމަށް ރާއްޖެއިން އަބަދުވެސް އިސްކަންދޭ ކަމަށެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ ސާކަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އުފެއްދުމަށް އޮތް އެންމެ ފުރިހަމަ ޕްލެޓްފޯމްގެ ގޮތުގައި ސިފަކުރައްވާފައެވެ. ނަމަވެސް، ފާއިތުވި ދިހަވަރަކަށް އަހަރު ދުވަހު އެންމެ މަތީ ފަންތީގައި އެ ޖަމްޢިއްޔާގެ ހަރަކާތްތައް ހުއްޓިފައި އޮތުމުން އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ސާކު މެދުވެރިކޮށް އަލުން މަޝްވަރާތައް ފެށުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން މިހާރުވެސް މެންބަރު ޤައުމުތަކާއެކު ވާހަކަދައްކަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރަޙައްދީ ގޮންޖެހުންތަކަށް އޮތް އެންމެ ރަނގަޅު ހައްލަކީ ސުލްހަވެރިކަމާއެކު މަޝްވަރާކުރުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، 1980 ގެ އަހަރުތަކުގައި ސާކު އުފެދިގެން އައިއިރު ރާއްޖެއިން އިސް ދައުރެއް އަދާކުރި ފަދައިން، މިއަދުވެސް އެ މާހައުލު އަނބުރާ ގެނައުމަކީ ރާއްޖޭގެ އަމާޒެއް ކަމަށެވެ. ޤައުމުތަކުން އިޚްލާޞްތެރިކަމާއެކު މަޝްވަރާކުރަން ތައްޔާރަށް ތިބެޖެނަމަ ހައްލުނުކުރެވޭނެ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަށް ޤައުމު ހިމެނޭ ސާކް ޖަމްޢިއްޔާގެ އެންމެ ފަހުގެ ސަމިޓް ބާއްވާފައިވަނީ 2014 ވަނަ އަހަރު ނޭޕާލްގައެވެ. އޭގެ ފަހުން މެންބަރު ޤައުމުތަކުގެ މެދުގައި އުފެދުނު ނުތަނަވަސްކަމާ ގުޅިގެން ސަމިޓްތައް ބޭއްވުން ވަނީ މެދުކެނޑިފައެވެ. ރައީސް މުޢިއްޒު މިނިވަން ދުވަހުގެ ޖަލްސާގައިވެސް މިކަމަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވާފައިވާއިރު، މި އިސްނެންގެވުމަށް ބައިނަލްއަގްވާމީ މީޑިއާތަކުގެ ސަމާލުކަން ވެސް ވަނީ ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ