Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އުތުރުގެ އަތޮޅުތަކުގެ ދަނޑުވެރިންނަށް ޚާއްސަ ދެ ސްކީމަކަށް ފުރުސަތު ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

އުތުރުގެ އަތޮޅުތަކުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށާއި އެ ދާއިރާގައި މަސައްކަތްކުރާ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ދެ މާލީ ސްކީމަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. “ދަނޑުވެރި މަންފާ” ގްރާންޓާއި “ދަނޑުވެރި ނަފާ” ފައިނޭންސިންގ ސްކީމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަޙްމަދު ޝިޔާމް ހއ. ކެލައަށް ކުރެއްވި ޒިޔާރަތުގައެވެ.

ދަނޑުވެރި މަންފާ ޕްރޮގްރާމަކީ އިންޓަރނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމްގެ ދަށުން ހިންގާ 15 މިލިއަން ރުފިޔާގެ މެޗިންގ ގްރާންޓް އިނިޝިއޭޓިވްގެ ދެވަނަ ބުރެވެ. މި ބުރުގައި ފުރުސަތު ހުޅުވާލާފައިވަނީ ހއ، ހދ އަދި ށ. އަތޮޅުގެ ދަނޑުވެރިންނަށާއި، ދަނޑުވެރިކަމާ ގުޅޭ ޖަމިއްޔާތަކަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން ކޯޕަރޭޓިވްތަކަށެވެ.

މި ފަހަރުގެ ބުރުގައި މައިގަނޑު ގޮތެއްގައި އަމާޒު ހިފާފައިވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނިފައިވާ ޒަމާނީ ދަނޑުވެރިކަމުގެ ނިޒާމުތަކަށެވެ. މީގެ ތެރޭގައި ގްރީންހައުސް ދަނޑުވެރިކަމާއި ހައިޑްރޯޕޮނިކްސް ސިސްޓަމްތައް ގާއިމުކުރުން ހިމެނެއެވެ.

ފުރަތަމަ ފަހަރަށް އިސްލާމީ ފައިނޭންސިންގ މޮޑެލްއަކަށް ހުޅުވާލި “ދަނޑުވެރި ނަފާ” ސްކީމްގެ ދަށުން ޒަމާނީ ދަނޑުވެރިކަމުގެ ގިނަ ހަރަކާތްތަކަކަށް އެހީތެރިކަން ލިބޭނެއެވެ. އޭގެ ތެރޭގައި ވާޓިކަލް ގާޑަނިންގ، ކުކުޅު ގެންގުޅުމާއި ޖަނަވާރު ކޮށި ހެދުން، އެގްރޯ-ޕްރޮސެސިންގ، އެގްރޯފޮރެސްޓްރީ އަދި ގަސް މުށި އާލާކުރުން ހިމެނެއެވެ.

މީގެ އިތުރުން، ވެޓެރިނަރީ ޚިދުމަތްތަކާއި، ޕެޓް ފާމްތަކާއި، ޕެޓްތަކާ ގުޅޭ އުފެއްދުންތައް ފޯރުކޮށްދޭ ވިޔަފާރިތަކަށްވެސް މި ސްކީމްގެ ދަށުން ފަންޑިންގ ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ޕްރޮގްރާމްތަކުގެ މައިގަނޑު މަގްސަދަކީ ދަނޑުވެރިންގެ ވިޔަފާރިތައް ވަރުގަދަކޮށް، ދަނޑުވެރިކަމުގެ ދާއިރާ ފުޅާކުރުމުގެ އިތުރުން ޒުވާނުން މި ދާއިރާއަށް ޝައުގުވެރިކުރުވުން ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ. “ދަނޑުވެރި މަންފާ” ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ