Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ބޮޑެތި ގަސްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށް ޗައިނާއިން ރާއްޖެއަށް 25 ސްޕްރޭޔަރު ހަދިޔާކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބޮޑެތި ގަސްގަހާގެއްސަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށް އެހީތެރިވުމުގެ ގޮތުން، ޗައިނާ ސަރުކާރުން ރާއްޖެއަށް ބޮޑެތި ގަސްތަކަށް ބޭސް ޖަހާ 25 ސްޕްރޭޔަރު ހަދިޔާކޮށްފިއެވެ.

މި އެހީއަކީ ޗައިނާގެ ސިޗުއާން ޕްރޮވިންސުން ރާއްޖެއަށް ދިން އެއްލައްކަ ޔުއާންގެ އެހީގެ ދަށުން ލިބުނު ތަކެއްޗެވެ. މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި އެހީއަކީ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ އަދި ސިޗުއާން އެކަޑަމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްއާއެކު 6 އޮގަސްޓު 2024 ގައި ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ލިބުނު އެހީއެކެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސިޗުއާން ޕްރޮވިންސުން ވަނީ ރަމްޒީ ގޮތުން މި އެހީ ހަވާލުކޮށްފައެވެ.

ސްޕްރޭޔަރުތައް ހަވާލުކުރެވުނު ރަށްތައް

މި އާލާތްތައް ހަވާލުކޮށްފައިވާ ރަށްތަކާއި ސިޓީތަކުގެ ތެރޭގައި ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލް، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ތުލުސްދޫ، އއ. ރަސްދޫ އަދި އދ. މަހިބަދޫ ހިމެނެއެވެ.

މީގެއިތުރުން ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ލ. ފޮނަދޫ، ގއ. ވިލިނގިލި، ގދ. ތިނަދޫ، ޏ. ފުވައްމުލައް ސިޓީ ކައުންސިލް އަދި ސ. ހިތަދޫ (އައްޑޫ ސިޓީ ކައުންސިލް) އަށްވެސް ވަނީ މި ސްޕްރޭޔަރުތައް ހަވާލުކޮށްފައެވެ.

އެގްރިކަލްޗާ މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ރަށްރަށުގެ ޢާންމު ސަރަޙައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށް ބޭނުންވާ މާއްދީ އެހީތެރިކަމަށް އޮތް ބޭނުންތެރިކަން އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. ލާމަރުކަޒީ ޤާނޫނުގެ ދަށުން ޢާންމު ސަރަޙައްދުތަކުގައި ހުންނަ ގަސްތަކުގެ ބަލިތައް ކޮންޓްރޯލްކުރުމުގެ ޒިންމާ މަތިކޮށްފައިވަނީ ރަށު ކައުންސިލްތަކާއެވެ.

އެހެންކަމުން، މިފަދަ ޕްރޮގްރާމްތައް ހިންގުމުގައި ކައުންސިލްތަކުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ރަށު ފެންވަރުގައި މިފަދަ އާލާތްތައް ލިބެން ހުރުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ. އަލަށް ހަމަޖެއްސި އުޞޫލުގެ ދަށުން، އެ ސަރަޙައްދެއްގެ ރަށްރަށުގައި މި ސްޕްރޭޔަރުތައް ބޭނުންކުރުމުގެ އިންތިޒާމުތައް ވިލަރެސްކުރާނީ ސިޓީ ކައުންސިލްތަކާއި އަތޮޅު އޮފީސްތަކުންނެވެ. އަދި ރަށު ކައުންސިލްތަކަށް މި ތަކެތި ލިބެން ހުރިކަން އެންގުމާއި އެ ތަކެތި މަރާމާތުކޮށް ބެލެހެއްޓުމުގެ ކަންކަންވެސް ކުރިއަށް ގެންދާނީ އެ ފަރާތްތަކުންނެވެ.

މި އެހީގެ މައިގަނޑު ބޭނުމަކީ ގަސްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމުގެ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުމާއި، ބޭނުންޖެހޭ ޙާލަތްތަކުގައި އަވަހަށް ބޭސް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުން ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ