Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ކުޑަކުދިންނަށް ކުރާ އަނިޔާތަކަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ހުކުރު ޚުޠުބާގައި ގޮވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި، ކުޑަކުދިންގެ ޙައްޤުތަކާއި ރައްކާތެރިކަން ކަށަވަރުކޮށް، ކުދިންނަށް ކުރާ އަނިޔާއާއި އިހުމާލުވުމުގެ ޢަމަލުތަކަށް ޤާނޫނީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައިފިއެވެ.

“ކުޑަކުދިންގެ ޙައްޤުތައް” މި މަޢުޟޫޢަށް ޚާއްޞަކޮށްގެން ދިން މި ޚުޠުބާގައި، ފާއިތުވި ހަފުތާގައި ހިނގައިދިޔަ ހިތާމަވެރި ދެ ހާދިސާއަކަށް އަލިއަޅުވާލާފައިވެއެވެ. އެއީ ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވެ ފަރުވާ ދެމުންދަނިކޮށް މައުސޫމު ކުއްޖަކު ނިޔާވި ހާދިސާއާއި، އުސް ޢިމާރާތަކުން ތުއްތު ކުއްޖަކު ވެއްޓި ނިޔާވި ހިތާމަވެރި ހާދިސާއެވެ. މި ހާދިސާތަކުގައި ނިޔާވި ކުދިންގެ ޢާއިލާތަކަށް ތަޢުޒިޔާ ދަންނަވައި ކެތްތެރިކަން މިންވަރުކުރެއްވުމަށް ދުޢާކުރަމުން، ޚުޠުބާގައި ފާހަގަކުރީ ކުޑަކުދިންނަކީ ލޮލުގެ ފިނިކަން ކަމުގައިވީ ނަމަވެސް، އެއީ މައިންބަފައިންނާއި މުޖުތަމަޢާ ޙަވާލުކުރެވިފައިވާ މަތިވެރި އަމާނާތެއް ކަމަށެވެ.

އިހުމާލުވުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުން

ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭގޮތުން އަލިއަޅުވާލަމުން ޚުޠުބާގައި ވަނީ މުޖުތަމަޢުގައި ފެންނަ ބޮޑެތި އިހުމާލުވުންތަކާއި އަނިޔާވެރި ޢަމަލުތަކަށް ފާޑުކިޔާފައެވެ. އަދި ބައެއް ފަހަރު މިފަދަ އަނިޔާތައް ލިބެނީ އެކުދިން ބެލެހެއްޓުމުގެ ޒިންމާ އުފުލަންޖެހޭ ބަލަދުވެރިންގެ ފަރާތުންކަންވެސް ފާހަގަކުރިއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އިސްލާމީ ޝަރީޢަތުގެ ދަށުން މިފަދަ ކުށްތައް ކުރާ ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދިނުމަށާއި، ނާޒުކު ޙާލަތްތަކުގައިވާ ކުދިން ޙިމާޔަތްކުރުމަށް ދަޢުލަތުގެ ކަމާބެހޭ އިދާރާތަކަށާއި ތަންފީޛީ އިދާރާތަކަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ. އަދި “އަހަރެމެންގެ ތެރެއިން ކުޑަކުދިންނަށް އޯގާތެރިނުވާ މީހަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫން” ކަމަށް އޮންނަ މާތް ނަބިއްޔާގެ ޙަދީޘްފުޅު މި މޭރުމުން ހަނދާންކޮށްދިނެވެ.

އިސްލާމްދީނުގައި ކުޑަކުދިންގެ ޙައްޤުތަކުގެ އަސާސްތައް

ޒަމާނީ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޤާނޫނީ އޮނިގަނޑުތައް އެކުލަވައިލުމުގެ އެތައް ޒަމާނެއް ކުރިން، އިސްލާމީ ޝަރީޢަތުގައި ކުޑަކުދިންގެ ޙައްޤުތަކާއި ރައްކާތެރިކަން ފުރިހަމައަށް ކަނޑައަޅާފައިވާކަން ޚުޠުބާގައި ބަޔާންކުރިއެވެ. އަދި ކީރިތި ޤުރްއާނުގެ ލުޤްމާން ސޫރަތާއި، އައްތަޙްރީމް ސޫރަތާއި، އަލްއިސްރާ ސޫރަތުގެ އާޔަތްތަކަށް އަލިއަޅުވާލައި މައިންބަފައިންނާއި މުޖުތަމަޢުގެ މައްޗަށް އޮތް މައިގަނޑު ޒިންމާތައް ފާހަގަކުރިއެވެ:

ޖިސްމާނީ ރައްކާތެރިކަން: ނުރައްކާތެރި މާޙައުލުތަކުންނާއި، އިހުމާލުވުމުންނާއި، ގޭތެރޭގެ ނުރައްކާތަކުންނާއި ޖިސްމާނީ އަނިޔާތަކުން ކުދިން ސަލާމަތްކުރުން.

ވަނަވަރާއި ޤަދަރު: ރީތި ނަންތައް ކިޔައިދިނުމާއި، އިސްލާމީ ރިވެތި ޝަހުސިއްޔަތެއް އަށަގެންނެވުމުގެ އިތުރުން އަނިޔާވެރިކަމާއި ބުލީކުރުމާއި ތަފާތުކުރުންތަކުން ދުރުހެލިކުރުން.

އަޚްލާޤީ އަދި ރޫޙާނީ ތަރުބިއްޔަތު: ރިވެތި އަޚްލާޤާއި އުޞޫލުތައް ދަސްކޮށްދިނުމާއި، ހަތް އަހަރުން ފެށިގެން ނަމާދުކުރުމަށް ބާރުއެޅުން ފަދަ ދީނީ ކަންކަމަށް އަހުލުވެރިކޮށް ރޫޙާނީ ބިންގާ ވަރުގަދަކުރުން.

ޚުޠުބާ ނިންމާލާފައިވަނީ ޤައުމުގެ ޒުވާން ޖީލުގެ ރައްކާތެރިކަމާއި ލާބައަށް އެދި ދުޢާކުރަމުންނެވެ. އަދި ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވޭނީ ޞުލްޙަވެރި، އެއްބައިވަންތަ ޢާއިލީ ނިޒާމެއްގެ ތެރެއިންކަން ފާހަގަކުރިއެވެ.

އަދި ޤައުމުގެ އަމަންއަމާންކަމަށާއި، ޚާއްޞަކޮށް މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން އިޤްތިޞާދީ ފުދުންތެރިކަން މިންވަރުކުރެއްވުމަށާއި، ޤައުމުގެ ވެރިންނަށް އިންޞާފު ޤާއިމުކުރުމާއި ރައްޔިތުން ރައްކާތެރިކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ދުޢާ ދެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ