Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ފޭސް 2 ގައި މޫދަށް އެރޭނެ ރައްކާތެރި ސަރަހައްދަކާއި މަސްބާނާ ޕްލެޓްފޯމެއް ގާއިމުކުރުމަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭ ފޭސް 2 ގެ އަތިރިމަތި ސަރަހައްދުގައި ރައްޔިތުންނަށް ރައްކާތެރިކަމާއެކު މޫދަށް އެރެވޭނެ އިންތިޒާމާއި، މަސްބާނަން ގޮސްލެވޭނެ ހާއްސަ ސަރަހައްދެއް ގާއިމުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

މި މަޝްރޫއުގެ ދަށުން، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީ.އައި.އޭ) ތައްޔާރުކުރުމުގެ މަސައްކަތް އެޗްޑީސީން މިހާރު ކުރަމުން އަންނައިރު، މި ރިޕޯޓަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ހާއްސަ އޮންލައިން ސަރވޭއެއް ވަނީ ފަށާފައެވެ. މި ސަރވޭގެ މައިގަނޑު ބޭނުމަކީ އާންމުންނާއި މުނިފޫހިފިލުވުމަށް އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން މިހާރު ގޮނޑުދޮށް ބޭނުންކުރަމުންދާ ގޮތާއި ހާލަތު ދެނެގަތުމެވެ. މީގެއިތުރުން ހުށަހަޅާފައިވާ އާޓިފިޝަލް މޫދަށްއެރޭ ސަރަހައްދާއި މަސްބާނާ ޕްލެޓްފޯމާ މެދު ރައްޔިތުން ދެކޭގޮތް ދެނެގަތުމާއި، މުޖުތަމައުގެ ބޭނުންތަކަށް ރިއާޔަތްކޮށް މަޝްރޫއު ކުރިއަށް ގެންދިއުމަށް މި ސަރވޭ އެހީތެރިވެދޭނެއެވެ.

މަޝްރޫއުގައި ހިމެނޭ މައިގަނޑު ބައިތައް

ހުޅުމާލެ ފޭސް 2 ގެ އަތިރިމަތި ސަރަހައްދު ތަރައްގީކުރުމަށް ހުށަހަޅާފައިވާ ޕްލޭން އެކުލެވިގެންވަނީ މައިގަނޑު ދެ ބައެއްގެ މައްޗަށެވެ:

އާޓިފިޝަލް ސްވިމިންގ ސަރަހައްދު: ފްލޯޓިންގ ޕޮންޓޫނަކާއެކު ހަދާ ރައްކާތެރި މޫދަށްއެރޭ ސަރަހައްދަކާއި، އެއްގަމުގައި އައުޓްޑޯރ ފެންވަރާ ތަނެއްގެ އިތުރުން ފަސޭހައިން މޫދަށް ފޭބޭނެ ގޮތަށް ހަދާ ރޭމްޕެއް ހިމެނެއެވެ.

މަސްބާނާ ޕްލެޓްފޯމް: ކޮންކްރީޓް ޑެކަކާއި، އެ ތަނަށް ދިއުމަށް ހާއްސަކުރެވޭ ވޯކްވޭއަކާއި، އަރާމުކޮށްލަން އިށީނދެވޭނެ ހިޔާކޮށްފައިވާ ބެންޗުތަކުގެ އިތުރުން މަސްކަނޑަން ބޭނުންކުރެވޭނެ ހާއްސަ ސަރަހައްދެއް ހިމެނެއެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި މި މަޝްރޫއު ފުރިހަމަވެގެން ދިއުމަކީ ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ހިތްފަސޭހަކަމާއި ރައްކާތެރިކަމާއެކު މުނިފޫހިފިލުވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމެކެވެ. އަދި ހުޅުމާލެއަކީ އަމާން، ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އެ ކޯޕަރޭޝަނުން ކުރަމުން ގެންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި ސާވޭގައި ބައިވެރިވުމަށް އެޗްޑީސީން އާންމުކޮށްފައިވާ ލިންކަކީ: https://forms.cloud.microsoft/r/Sq0vzEFdWt އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ