Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ރާއްޖެ އަބަދުވެސް ކުރިއަށްދާނީ އިސްލާމްދީނުގެ ހިދާޔަތުގައި: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ދިވެހިރާއްޖެ އަބަދުވެސް ކުރިއަށްދާނީ އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި ކަމަށާއި، އިސްލާމްދީނަކީ ގައުމުގެ ރޫހާނީ އަދި މާއްދީ ރައްކާތެރިކަމުގެ އަސްލު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެ އިސްލާމްދީން ގަބޫލުކުރުމަކީ ދިވެހި ތާރީޚުގައި ހިނގި އެންމެ މުހިންމު އެއް ހާދިސާ ކަމަށާއި، އެއީ މާތް ﷲ ދިވެހިންނަށް ދެއްވި މަތިވެރި ރަހުމަތަކާއި ހިދާޔަތެއް ކަމަށެވެ. އަދި އިސްލާމްދީނަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމުގެ މަގުކަން ފާހަގަކުރައްވައި، ނުވަ ގަރުނު ވަންދެން އިސްލާމީ ހިދާޔަތުގައި ދެމިތިބުމުގެ ޝަރަފު ރައްކާތެރިކުރުމަށް އެމަނިކުފާނު ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރެއްވިއެވެ.

އިސްލާމްދީނުން ދިވެހި މުޖުތަމައަށް ގެނެސްދިން ބޮޑެތި ބަދަލުތައް

ރައީސް މުއިއްޒު ވިދާޅުވީ އިސްލާމްދީނުގެ ސަބަބުން ދިވެހި މުޖުތަމައަށް ބޮޑެތި ބަދަލުތަކެއް އައިސް، އިސްލާމްވުމުގެ ކުރިން ހުރި ގޯސް އަގީދާތަކާއި އާދަކާދަތައް ފިލައިދިޔަ ކަމަށެވެ. އެގޮތުން މީގެކުރިން ކަނޑުން ލިބޭ ތަކެތިން ބުދު ހަދައިގެން އެތަކެއްޗަށް އަޅުކަންކޮށް، ކަންކަމުގައި އެތަކެއްޗަށް ބަރޯސާވި ކަމަށާއި، އާދައިގެ މީހުންނާއި ވެރިންނާ ދެމެދު ބޮޑެތި ތަފާތުކުރުންތައް ހުރި ކަމަށް ވިދާޅުވިއެވެ. ނަމަވެސް އިސްލާމްދީން އައުމާއެކު އެކަންކަން ނިމުމަކަށް އައިސް، އަޅާއާއި ޚާލިގުވަންތަ ރަސްކަލާނގެއާ ދެމެދު ސީދާ ގުޅުމެއް ގާއިމުވެގެންދިޔަ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، އިސްލާމްދީނުގެ ސަބަބުން ކެތްތެރިކަމާއި، ފުދުންތެރިކަމާއި، އިޚްލާސްތެރިކަމާއެކު ﷲ އަށް އަޅުކަންކުރުން ދަސްވެ، މުޖުތަމައަށް ރޫހާނީ ސާފުކަމާއި، ހަމަހަމަކަމާއި، ނަފްސާނީ ހަމަޖެހުމާއި އަދުލުއިންސާފު ގެނެސްދިން ކަމަށް ރައީސް ވިދާޅުވިއެވެ.

އިންސާނީ ފުރާނައިގެ ރައްކާތެރިކަން ކަށަވަރުވުން

އިސްލާމްދީނުން ގެނެސްދިން އަނެއް މުހިންމު ބަދަލަކީ އިންސާނީ ފުރާނައިގެ ރައްކާތެރިކަން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ނުހައްގުން މީހުން މެރުން އިސްލާމްދީނުގައި ހަރާމްކޮށް، ކޮންމެ އިންސާނެއްގެ ކަރާމާތާއި ދިރިހުރުމުގެ ހައްގު ކަށަވަރުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ. ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި އިސްލާމްދީނުގެ ކުރިން ރާއްޖޭގައި އިންސާނުން ގުރުބާންކުރުމާއި ދޮގު އަގީދާތަކުގެ މައްޗަށް މީހުން މެރުން އޮތް ނަމަވެސް، އިސްލާމްދީނާއެކު އެ ހުރިހާ ކަމެއް ނިމުމަކަށް އައިސް ކޮންމެ ދިވެއްސެއްގެ ދިރިހުރުމުގެ ހައްގު ގާއިމުވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ދިވެހިންގެ ކިބައިން ފެންނަ އޯގާތެރިކަމާއި، ވަފާތެރިކަމާއި، ހަމްދަރުދީއަކީ އިސްލާމްދީނުގެ ސަބަބުން ލިބުނު ސިފަތަކެއް ކަމަށާއި، މި ސިފަތައް ބޭރުގެ ދަތުރުވެރިންނާއި ތާރީޚު އިލްމުވެރިންވެސް ފާހަގަކޮށްފައިވާ ކަމަށެވެ. އަދި މާތް ﷲ ގެ އިރާދަފުޅާއެކު ރާއްޖެ އަބަދުވެސް ކުރިއަށްދާނީ އިސްލާމްދީނުގެ ހިޔަލާއި ހިދާޔަތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ