Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ލާމެހިފައިވާ ވެއްޓެއް ގާއިމުކުރަން އެޗްޑީސީން ޑިސެބިލިޓީ އެމްބެސެޑަރުން އައްޔަންކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މަސައްކަތްތަކުގައި މުޖުތަމަޢުގެ ހުރިހާ ފަންތިއެއްގެ ބައިވެރިވުން އިތުރުކޮށް، އެންމެންނަށް ވެސް ފަހި މާޙައުލެއް ޤާއިމުކުރުމުގެ މަޤްޞަދުގައި “ޕާސަންސް ވިތް ޑިސެބިލިޓީ” (ޕީޑަބްލިޔުޑީ) އެމްބެސެޑަރުންގެ ގޮތުގައި ދެ މުވައްޒަފަކު ހަމަޖައްސައިފިއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާ ގުޅުވައިގެން ރަސްމީކޮށް އައްޔަންކުރި މި ދެ އެމްބެސެޑަރުންނަކީ ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ އާމިނަތު އިރާޝާ އަދި ސެންޓްރަލް އޮޕަރޭޝަންސްގެ އަޙްމަދު ނަޖީބެވެ. މިއަހަރުން ފެށިގެން އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް މި ދެ ބޭފުޅުން މި މަޤާމުގައި ދެމިތިބޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މި ޢައްޔަންކުރުމާ ގުޅިގެން ވެވުނު އެއްބަސްވުމުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމަށާއި، އެ ފަރާތްތަކުގެ ޚިޔާލާއި ކަންބޮޑުވުންތައް ކުންފުނީގެ މެނޭޖްމަންޓާ ހަމައަށް ގެނެސްދިނުމުގައި މި ދެ އެމްބެސެޑަރުން މުހިންމު ދައުރެއް އަދާކުރާނެއެވެ. އަދި ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުން ހިންގާ މަޝްރޫޢުތަކަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ބައިވެރިވެވޭ ގޮތަށް ފަރުމާކުރެވިގެން ކުރިއަށްދާ ކަންކަންތޯ ބަލައި ކަށަވަރުކުރުމުގައި ވެސް އެ ބޭފުޅުން އެހީތެރިވެދޭނެއެވެ.

އެޗްޑީސީގެ ހިއުމަން ރިސޯސް މެނޭޖްމަންޓްގެ އެކްޓިން ހެޑް މުޙައްމަދު ހިސާން ވިދާޅުވީ، ކޯޕަރޭޝަންގެ މައިގަނޑު އެއް އަމާޒަކީ ހުޅުމާލެއަކީ އެންމެހައި ރައްޔިތުންނަށް ވެސް ދިރިއުޅެން ފަސޭހަ، އެންމެންގެ ޝާމިލުވުން އެކުލެވޭ ރަށަކަށް ހެދުން ކަމަށެވެ. އަދި ހުޅުމާލޭގެ މަސައްކަތުގެ މާޙައުލާއި، ވަސީލަތްތަކާއި އާންމު ތަންތަނަކީ ވެސް އެންމެންނަށް ލާމެހިފައިވާ ވެއްޓަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް އޭނާ ގޮވާލެއްވިއެވެ.

ހުޅުމާލޭގެ މަގުތަކާއި އާންމު ސަރަޙައްދުތައް ތަރައްޤީކުރުމުގައި ވެސް ރައްޔިތުންގެ ބޭނުންތައް ދެނެގަނެގެން ކުރިއަށްދާނެ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ. އަދި މިފަދަ އެއްވެސް ކަންބޮޑުވުމެއް ނުވަތަ ޚިޔާލެއް ހިއްސާކުރަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ ހޮޓްލައިން 1516 މެދުވެރިކޮށް އެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށް ވެސް އެޗްޑީސީން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ