Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އުފެއްދުންތެރިކަމުގެ މައުރަޒުގެ އެސްއޯއީ ކެޓަގަރީން އެއްވަނަ އެޗްޑީސީއަށް

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރު ބާއްވާ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައިން އެއްވަނަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހޯދައިފިއެވެ.

“މޯލްޑިވްސް އެކްސްޕޯ 2026” ގެ އިނާމު ދިނުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެޗްޑީސީއަށް މި އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ. އެޗްޑީސީގެ ފަރާތުން މި އިނާމާ ހަވާލުވެވަޑައިގެންނެވީ އެ ކުންފުނީގެ ޑިރެކްޓަރ އޮފް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް، މަލްޝާ ޝަރީފެވެ.

މި މައުރަޒަށް އެޗްޑީސީން ހުށަހަޅާފައިވަނީ ހުޅުމާލެ ތަރައްގީކުރުމުގެ މުހިންމު މަރުހަލާތަކާއި ކުރިމަގުގެ ތަސައްވުރު ދައްކުވައިދޭ ތިން މޮޑެލެކެވެ. އޭގެ ތެރޭގައި ހުޅުމާލެ ބިނާކުރަން ފެށި ދުވަސްވަރު މާލެއާއި ހުޅުމާލެއާ ދެމެދު މީހުންނާއި މުދާ އުފުލި ދޯނީގެ ނަމޫނާއަކާއި، 2003 ވަނަ އަހަރު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ހިއްކުމުގެ މަޝްރޫއު އެންމެ ހަ މަސްދުވަހުގެ ތެރޭގައި ނިންމުމުގައި މުހިންމު ދައުރެއް އަދާކުރި “އެމަޒޯން” ކޮންނަބޯޓުގެ ތަފްސީލީ މޮޑެލެއް ހިމެނެއެވެ. މީގެ އިތުރުން، ހުޅުމާލޭގެ މަގުތަކަށް އަލަށް ތައާރަފުކުރުމަށް ރާވާފައިވާ ސްމާޓް މަގުބައްތީގެ މޮޑެލެއް ވެސް އެ ކުންފުނިން ދައްކާލާފައިވެއެވެ. މި ހުރިހާ މޮޑެލްތަކަކީވެސް އެޗްޑީސީގެ މުވައްޒަފުން އަމިއްލައަށް ތައްޔާރުކުރި ތަކެއްޗެވެ.

ސްމާޓް މަގުބައްތީގެ ނިޒާމަކީ ދުރުގައި ތިބެގެން އަލި ކޮންޓްރޯލްކޮށް، ދިމާވާ މައްސަލަތައް ވަގުތުން ދެނެގަނެވޭ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. މީގެ ސަބަބުން ކަރަންޓު ހަރަދު ކުޑަކުރެވި، މައްސަލަތައް އަވަހަށް ހައްލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. މިފަދަ މައުރަޒުތަކުގައި ބައިވެރިވުމުގެ މަގްސަދަކީ ކުންފުނީގެ މަސައްކަތްތަކާއި ކުރިއަށް އޮތްތަނުގައި ބޭނުންކުރަން ނިންމާފައިވާ އައު އުފެއްދުންތައް އާންމުންނަށް ދައްކާލުން ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު ފަށާ “މޯލްޑިވްސް އެކްސްޕޯ 2026” އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި މައުރަޒުގައި 600 ބައިވެރިންގެ ފަރާތުން 4،400 އަށްވުރެ ގިނަ އުފެއްދުންތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ