- Advertisement -ad image

ސުޝާންތްގެ މަރަށް ދެ އަހަރު: އަދި ވެސް ތަހުގީގު ކުރިއަށް!

ad image

ގުޅުންހުރި ލިޔުންތައް

ބޮލީވުޑްގެ މަޝްހޫރު ތަރި ސުޝާންތް ރާޖުޕޫތު އޭނާގެ އެޕާޓުމަންޓްގައި މަރުވެފައި ހުއްޓާ ފެނުނީ 14 ޖޫން 2020 ގައެވެ. އޭގެ ފަހުން މިއަދު އެ މަރަށް ދެ އަހަރު ވީއިރު އަދިވެސް އެ މަރުގެ ހަގީގަތް ވަނީ ނުހޯދިފައެވެ. އޭނާގެ މަރުގައި ޝައްކުވާ ކަންތައްތަކެއް ހުރެގެން އޭނާގެ އޭރުގެ ލޯބިވެރިޔާ ރިޔާ ޗަކްރަބަތީ އާއުވެސް ފުލުހުން ސުވާލުކޮށްފައިވެއެވެ.

ސުޝާންތް އަކީ އޭނާ ކުޅުނު މަދު ފިލްމްތަކަކުން ގިނަ ބައެއް ލޯބި ހޯދި ކާމިޔާބު ފަންނާނެކެވެ. އޭނާ ކުޅުނު ކާމިޔާބު ފިލްމްތަކުގެ ތެރޭގައި އެމްއެސް ދޯނީ، ޗިޗޯރޭ، ކެދަރުނާތު ފަދަ ފިލްމްތައް ހިމެނެއެވެ. އޭނާ އެންމެ ފުރަތަމަ ކުޅެފައިވަނީ ޓީވީ ޑުރާމާ އެވެ.

ސުޝާންތް ލޯބީގެ ގޮތުން ގުޅުނު ބައެއް ފިލްމީ ތަރިންގެ ތެރޭގައި ސާރާ އަލީ ހާން، ކިރްތީ ސެނަން، އަންކިތާ ލޮކަންޑޭ ހިމެނެއެވެ. އެންމެ ފަހުން ސުޝާންތްގެ ރިލީސްވެފައިވަނީ ދިލް ބޭޗާރާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ