ވެނެޒުއޭލެ މެދުތެރޭގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ކޯރެއް ފުރި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއްގައި އަވަށެއް އެއްކޮށް ގެއްލިއްޖެ އެވެ.
އޭއެފްޕީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ކާރިސާގައި ގެއްލިފައި ވަނީ ލަސް ޓެޖެރިއާސް ނަމަކަށް ކިޔާ ޓައުން އެކެވެ.
މި ކާރިސާގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 22އަށް އަރާފަ އެވެ. އަދި 50 އަށްވުރެ ގިނަ މީހުންވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ.
ފާއިތުވީ 30 އަހަރުގެ ތެރޭގައި އެ ސަރަހައްދުގައި ހިނގި އެންމެ ބޮޑު ފެންބޮޑުވުމުގެ ސަބަބުން ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއަކީ މިއީ ކަމަށާއި މިއަހަރުގެ މިހާތަނަށްވެނެޒުއޭލާގައި ހިނގި އެންމެ ބޮޑު ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއަކީވެސް މިއީ ކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ.



