އިންޑޮނޭޝިޔާއަށް 5.6 މެގްނިޓިއުޓްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.
މި ބިންހެލުން އައިސްފައިވަނީ އެ ޤައުމުގެ މައިރަށް ޖާވާ އަށެވެ. އަދި ބިންހެލުމުގެ ސަބަބުން އެތައް ސަތޭކަ އިމާރާތެއް ބިމާ ހަމަވެ 17 މީހުން ވަނީ މަރުވެފަ އެވެ. މަރުވި މީހުންގެ އަދަދު ކުރިއަށް އޮތްތަނުގައި ގިނަވެދާނޭ ކަމަށްވެސް އޮފިޝަލުން ވަނީ ލަފާކޮށްފަ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭއިން ބުނިގޮތުގައި ބިންހެލުން އައިސްފައިވަނީ މިއަދު ވެސްޓް ޖާވާގެ ޝިއަންޖުރ ރީޖަންގެ މެދަށް ކަމަށެވެ. 5.6 މެގްނިޓިއުޑްގެ މި ބާުގަދަ ބިންހެލުން އައިސްފައިވަނީ އެ ސަރަހައްދުން 10ކިލޯމީޓަރު އަޑިންނެވެ.
ބިންހެލުމުގެ ސަބަބުން އެތައް ސަތޭކަ މީހުންނަށް އަނިޔާވެ ގެދޮރުތައް ވަނީ ސުންނާފަތިވެފަ އެވެ. މީގެތެރޭގައި އިސްލާމިކް ބޯރޑިންގ ސްކޫލާއި ހޮސްޕިޓަލުގެ އިތުރު އާއްމުންނަށް ހިދުމަތްދޭ ގިނަ ފެސިލިޓީތަކެއް ހިމެނެ އެވެ.



