ސައުތުއެފްރިކާގެ ދުރްބާން ސިޓީގެ ގޮނޑުދޮށަކަށް ބިންދާލި އާދަޔާ ހިލާފަށް ބޮޑު ރާޅެއްގެ ދަށުވެ 17 މީހުން ޒަހަމްވެއްޖެ އެވެ.
ދުރްބާން ސިޓީގެ ގޮނޑުދޮށަކީ ގިނަ އަދަދަކަށް އާއްމުންނާއި ފަތުރުވެރިންވެސް މޫދަށް އެރުމަށް ގޮސް އުޅޭ ސަރަހައްދެކެވެ. މި ކާރިސާގެ ސަބަބުން އަނިޔާވި ބައެއް މީހުންނަށް އަންނަނީ އައިސީޔޫގައި ވެސް ފަރުވާ ދެމުންނެވެ.
ކްވަޒުލޫ-ނޭޓަލް އެމަރޖެންސީ މެޑިކަލް ސާވިސްގެ އޮފިސަރ ބުނިގޮތުގައި މި ރާޅާއެކު ވަނީ ގޮޑުދޮށުގައި ތިބި ގިނަ ބަޔަކު މޫދަށް ދަމައިގެންފަ އެވެ. އަދި އެތަނުން ތިން މީހަކު ގެނބުނުކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ. އަދި 17 މީހުންނަށް އަނިޔާވިއިރު އެމީހުން ހާލަތު ސީރިއަސްކަމަށް އޭނާވަނީ ބުނެފަ އެވެ. އަދި ޒުވާން ކުއްޖެއްވެސް ވަނީ މަރުވެފަ އެވެ.
މި ކާރިސާގައި 100 މީހުން ވަނީ ސަލާމަތްކޮށްފަ އެވެ. އެމީހުން ސަލާމަތްކުރުމަށް 35 ލައިފްގާރޑުން ވަނީ ހަރަކާތްތެރިވެފަ އެވެ.




ދުރްބާން ކިޔާ ތަނެއް ނޯވެ! ޑާބަން ނޫނީ ޑަރބަން ކީޔާނީ އެތަނަށް