2023 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ހަރަކާތްތައް ގޯމޭ ފައިން ޑައިންއިން ތަފާތުގޮތަކަށް ގެންދަން ނިންމައިފި އެވެ.
ރާއްޖޭގެ ގިނަ ބައެއްގެ މަގްބޫލްކަން ހޯދާފައިވާ ގޯމޭއިން 2023އަށް މަރުހަބާ ކިޔަން ނިންމާފައިވަނީ މީރު ރަހަތަކަކާއެކު އާ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ހާއްސަ ކައުންޓް ޑައުން އަކާއި އެކުގައެވެ.
ގޯމޭއިން ވަނީ މިފަހަރުގެ އާ އަހަރަށް މަރުހަބާ ކިޔާއިރު ކަސްޓަމަރުންނަށް ބޮޑު ސަޕްރައިޒެއްގެ ގޮތުގައި ހަރަކާތްތައް ކުރިއަށް ގެންދިޔުމަަށް ރާވާފަ އެވެ. ހަމައެހެންމެ ޑިސެމްބަރު 31 ވާ ހޮނިހިރު ދުވަހު ރޭގެ މެނޫ އާއި ގުޅޭގޮތުން އޮޅުންފިލުވައި ދުރާލާ ބޭނުންވާ ތަކެތި އޯޑަރު ކުރެވޭނެކަމަށްވެސް ގޯމޭއިން ބުނެއެވެ.
އާ އަހަރަށް މަރުހަބާ ކިޔުމުގެ ސަޕްރައިޒް ހަރަކާތް ގޯމޭގައި ކުރިއަށް ދާނަި މާދަމާ ރޭ 20:00 އިން 1:00 އާ ހަމަޔަށެވެ. ގޯމޭއިން ވަނީ މި ހާއްސަ ރެއަށް ބުކިން ހަދަން ބޭނުންވާ ފަރާތްތަކުން 3305575 އަށް ގުޅުމަށް އެދިފަ އެވެ.
އާ އަހަރާއި ދިމާކޮށް ގިނަ ބަޔަކު މިހާރުވެސް ގޯމޭއިން ބުކިން ހަދަމުން ދާކަމަަށް އެ ރެސްޓޯރަންޓުން ވަނީ ބުނެފަ އެވެ.



