- Advertisement -ad image

އަނެއްކާވެސް ތުރުކީއަށް ބިންހެލުންތަކެއް

ad image

ގުޅުންހުރި ލިޔުންތައް


މިރޭގެ ވަގުތެއްގައި ތުރުކީއަށް އިތުރު ބިންހެލުންތަކެއް އައިސްފިއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުން ފުރަތަމަ ބިންހެލުން އައިސްފައިވަނީ މިރޭ 20:04 ހާއިރު ޑެފްނޭ އަށް އައި ބިންހެލުމުގެ އިހުސާސް އެންމެ ބޮޑަށް ކުރެވުނީ 300 މޭލު ދުރުގައި އޮންނަ އަންތަކިޔާ އަދި އަޑަނާ ސިޓީތަކަށެވެ. މިއީ 6.4 މެގްނިޓިއުޑްގެ ބިންހެލުމެކެވެ.
ތުރުކީގެ އިމަޖެންސީ މެނޭޖްމަންޓް އެޖެންސީން ބުނެފައިވަނީ އޭގެ އި ރުކޮޅެއްފަހުން ދެވަނަ ބިންހެލުމެއްގެ އިހުސާސްވެސް ކުރެވުނު ކަމަށެވެ.

ގާޒިއަންޓެޕް އިން ރިޕޯޓް ކުރަމުން އަލްޖަޒީރާގެ އަސެދު ބައިގް ބުނީ އެ ސަރަހައްދުގައި އިތުރު ސްޓްރަކްޗަރތައް ހަލާކުވަމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށެވެ.
“ މިތާނގަ ގިނަ މީހުން އުޅެނީ ވަރަށް ބިރުން. ކޮޅަށް ހުރި ނަމަވެސް ހަލާކުވެފައިވާ އިމާރާތްތައް އެބަހުރި. ބިރަކީ މިކަހަލަ އިތުރު އަފްޓާޝޮކްތަކެއް އައިސްފިނަމަ އެ އިމާރާތްތައް ވެއްޓި، ފުރާނަތަކަށް ނުރައްކާވެދާނެ ކަމެއް،” ބައިގް ވިދާޅުވި އެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި އެންމެ ފަހުން އައި ބިންހެލުންތަކަށް ފަހު ތުރުކީގެ ރެސްކިއު ޓީމްތައް އެކި ކޮޅު ކޮޅަށް ދުވަނީއެވެ. އަދި ގެއްލުމެއް ލިބިފައި ތިބި މީހުން ފެނޭތޯ އެމީހުން ބަލަމުންދެއެވެ.

ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު ތުރުކީގެ އިރުދެކުނު އަދި އަވަށްޓެރި ސީރިއާއަށް މެގްނިޓިއުޑް 7.8 އަދި 7.6 ގެ ބާރުމިނުގެ ބިންހެލުންތަކެއް އައިސް 47،000 އަށް ވުރެ ގިނަ މީހުން މަރުވެ އެއް މިލިއަން މީހުން ގެދޮރު ގެއްލިފައިވާއިރު އިގްތިސާދީ ހަރަދު ދިހަ ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ