- Advertisement -ad image

ރައީސް ޔާމީންގެ އިންތިހާބީ ހައްގުތަކަކަށް ހުރަސް އެޅިފައިވާތީ ސުޕްރީމް ކޯޓަށް!

ad image

ގުޅުންހުރި ލިޔުންތައް


އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރު ކުރަން ސުޕްރީމް ކޯޓަށް މިރޭ ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.
ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔާމީންގެ ފަރާތުން ރާއްޖޭގެ ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ރައީސް ޔާމީންގެ އެތައް ސިޔާސީ ހައްގުތަކާއި އިންތިހާބީ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށެވެ.

އެހެންވެ، އެ ހައްގުތައް ކަށަވަރުކޮށް ދިނުމަށްޓަކައި ޔާމީންގެ ފަރާތުން ރާއްޖޭގެ ސުޕްރީމް ކޯޓަށް ދާދި ދެންމެއަކު ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އެ ހުރިހާ މައްސަލަތަކެއް ފާހަގަކޮށް ރައީސް ޔާމީނުގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލާގައި އެދިފައިވަނީ ސުޕްރީމް ކޯޓުން ހައިކޯޓުގެ އިސްތިއުނާފު އަވަސްވާނެ ފަދަ ހައްލެއް ހޯދައިދިނުމަަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. މާ ލަސްވެސް ވެއްޖެ، މި ޚާއިނުންގެ ސަރުކާރުން ރޔާމީނަށް އަނިވެރި ވަމުން ދަނީ ހައްދެއް ނެތް މިންވަރަކަށް، kihaa ދުވަހެއް ވެއްޖެ ރޔާމީން އިސްތިއުނާފު ކުރައްވައިގެން އުޅުއްވާތާ، އިންސާނީހައްގުތައް ކަށަވަރު ކުރާނެކަމުގެ ވައުދު ރައިއްޔަތުންނަށް ވެގެން ވެރިކަމަށް އަރާފަ ހައްގުތަކަށް އަރައިގަތުމަކީ ބޭވަފާތެރިވުން ވައުދު ނުފުއްދާނަމަ ވާނީ މުނާފިގަކަށް، އެތައް ބައެއްގެ ޒިންމާ ރޔާމީގެ އިސްތަށިފުޅުގާ އަޅުވައިގެން ޝަރީއަތަށް އަތްބާނަ ބާނާ، ރޔާމީން ޖަލުގޮޅީގާ ނުބޭއްވޭނެ، އިންޝާﷲ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ