- Advertisement -ad image

ރޭ ހިނގި އަލިފާނުގެ ހާދިސާގައި ހަ މީހަކު މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ރޭ މާލެ ސިޓީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކު މަރުވެ އިތުރު މީހަކު ކްރިޓިކަލް ހާލަތުގައި އޮތް ކަމަަށް ފުލުހުން ބުނެފިއެވެ.
އެގޮތުން އިސްކަންދަރު މަގާ ކޯރުކެނޑިމަގު ގުޅޭ ކަންމަތީ ހުރި ގަރާޖެއްގައި ރޯވި އަލިފާނުގެ ހާދިސާގައި އައިޖީއެމްއެޗަށް ގެންދިޔަ މީހުންގެ ތެރެއިން އެކަކު ވަނީ ނިޔާވެފައި ކަމަށެވެ.
އަދި އަނެއް މީހާގެ ހާލަ ކްރިޓިކަލް ކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ މިހާދިސާގައި ޖުމުލަ ފަސް މީހުން މަރުވެފައިވާ ކަމަށާއި 14 މީހަކު ސަލާމަތްކޮށްފައިވާ ކަމަށެވެ.
މިވަގުތުވެސް ސިފައިންނާއި ފުލުހުން ދަނީ ސީންގައި ހަރަކާތްތެރިވަމުންނެވެ.

އަލިފާނުގެ ހާދިސާގައި މަރުވެފައިވާ މީހުންގެ ހަށިގަނޑު މިވަގުތު ގަލޮޅު ސަހަރާއަށް ގެންގޮސްފައިވާއިރު މިއީ ރާއްޖޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މިހާ ގިނަ މީހުން މަރުވި ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ