- Advertisement -ad image

ހުޅުމާލޭގައި ނައިޓް މާރކެޓް ބޭއްވުމުގެ ހުއްދަ ސިޓީކައުންސިލުން ދެނީ!

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލޭގެ ފޭސް 1، އަދި ފޭސް 2ގައި ފެއަރ، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ބާއްވާނެ ގޮތުގެ އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިން ފެއަރ، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ހުޅުމާލޭގައި ބާއްވަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތުގައި ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
އެގޮތުން އެކައުންސިލުން ބުނީ ނައިޓް މާކެޓް ބާއްވަން ބޭނުންވާ ފަރާތްތަކުން މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު މާލޭ ސިޓީ ކައުންސިލަށް ފޯމް ހުށަހެޅުމަށް އެދޭ ކަމަށެވެ.
ފެއަރ، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ބޭއްވުމުގެ ހުއްދަދޫކުރުމަށް ކައުންސިލުން ނިންމާފައިވަނީ ކޮންމެ މީލާދީއާ އަހަރު ފެށޭ ދުވަހާއި އަހަރު ނިމޭ ދުވަސް، މިނިވަން ދުވަހާ ގުޅިގެން، ކޮންމެ އަހަރެއްގެ ރޯދަމަހެއް ފެށޭ ދުވަހާ ގުޅިގެން، އަދި އަޟްހާ ޢީދާ ގުޅިގެން އަންނަ ބަންދުދުވަސްތައް ހިމެނޭގޮތަށެވެ.
ފެއަރ، ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދައަށް އެދޭ ފޯމް ބަލައިގަންނަނީ 12 ފެބްރުވަރީ 2023 ވަނަ ދުވަހުން ފެށިގެން 23 ފެބްރުވަރީ 2023 ވަނަ ދުވަހުގެ 13:30 ގެ ނިޔަލަށެވެ.
ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ސިޓި ކައުންސިލް އިދާރާ/ ހ.ހުޅުގަލި 1 ވަނަ ފަންގިފިލާއިން ރަސްމީ ދުވަސްތަކުގައި ހެނދުނު 08:30 ން މެންދުރުފަހު 13:30 އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ