- Advertisement -ad image

މި އަހަރު ރާއްޖެއަށް 1.7 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


އަހަރު ނިމެން ގާތްވަމުން އަންނަ އިރު، އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.7 މިލިއަނަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 1.5 މިލިއަން ފަތުރުވެރިންނެވެ. އަދި އަހަރު ނިމުނު އިރު އައ ފަތުރުވެރިންގެ އަދަދު އުޅުނީ 1.6 މިލިއަންގަ އެވެ.
މިއަހަރު ފަތުރުވެރިން ޒިޔާރަތްކުރި އަދަދު 1.7 އަރާފައިވާއިރު، މިއީ ކޮވިޑަށް ފަހު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި އަހަރެވެ.
މި އަހަރުގެ ބަޖެޓުގައިވާ ޓާގެޓަކީ 1.8 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމެވެ. އެހެން ނަމަވެސް ކުރީ ސަރުކާރުގެ އަމާޒަކަށްވީ މި އަހަރު 1.9 މިލިއަން ޓޫރިސްޓުން ގެނައުމެވެ. އެ އަމާޒަށް ދެވޭނީ މި މަހު ދެ ލައްކަ ޓޫރިސްޓުން ހަމަވެގެންނެވެ.
ރާއްޖެ އަށް މިހާރު ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ ތިން ގައުމަކީ ރަޝިއާ، އިންޑިއާ އަދި ޗައިނާ އެވެ. އެގޮތުން ރަޝިއާ އިން މިހާތަނަށް 193،269 ޓޫރިސްޓުން އައިސްފައިވާ އިރު، އިންޑިއާ އިން އައި ޓޫރިސްޓުންގެ އަދަދު 185،987 އަށް އަރަ އެވެ. ޗައިނާ މިހާތަނަށް 176،803 ޓޫރިސްޓުން އައިސްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ