- Advertisement -ad image

ވައްކަން ކުރާ މީހުންނަށް ނުވަދެވޭގޮތަށް އައިފޯނުތަކުގެ ޕާސްކޯޑް ސެކިއުރިޓީ ވަރުގަދަކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ފޯނު ބޭނުންކުރާ މީހެއްގެ ޕާސްކޯޑް އެނގޭ ހާލަތެއްގައި، ކްރިޓިކަލް ޑިވައިސް ޑޭޓާ އަށް ވައްކަން ކުރާ މީހުންނަށް ނުވަދެވޭ ގޮތަށް އެޕަލް އިން އައިފޯނުތަކަށް އާ ފީޗާއެއް އިތުރުކޮށްފި އެވެ.

މިދިޔަ ހަފްތާގައި އެ ކުންފުނިން ވަނީ އައިއޯއެސް 17.3 ގެ ފުރަތަމަ ބީޓާ ޓެސްޓް ވާޝަން އާންމުކޮށްފަ އެވެ. މި އެންހޭންސްމަންޓަށް ފޭސް އައިޑީ ނުވަތަ ޓަޗް އައިޑީ ބޭނުންވާނެ އެވެ. އަދި ޕާސްކޯޑެއް ބޭނުން ކުރެވޭނެ ގޮތެއް ނެތްއިރު، ރައްކާކޮށްފައި ހުރި ޕާސްވޯޑްތަކަށް ވަނުމާއި، އެޕަލް އައިޑީ ސެޓިންބަދަލުކުރުމާއި، ޕޭމަންޓް ގެ މައުލޫމާތު ބެލުމާއި ފައިންޑް މައި އައިފޯން ޑިސެބަލް ކުރުމުގައި މި ފީޗާ ބޭނުންކުރެވޭނެ އެވެ.

ބައެއް ހާލަތްތަކުގައި ވައްކަން ކުރާ މީހުންނަށް އައިފޯނުން ޕާސަނަލް ޑޭޓާ އަށް ވަދެ، ފައިސާ ވަގަށް ނެގުމާއި ޑިވައިސް ޕާސްކޯޑް އެނގުމުން މީހެއްގެ ޑިޖިޓަލް ދިރިއުޅުން ފުނޑުފުނޑުކޮށްލަ އެވެ. މިހެން ހަދަނީ ވައްކަން ކުރާ މީހަކަށް ޑިވައިސް ވަގަށް ނެގުމުގެ ކުރިން އާންމު ތަނެއްގައި އެ މީހުންގެ ޕާސްކޯޑް އައިފޯނަށް އިންޕުޓް ކުރާ ތަން ބަލައިގެންނެވެ.

އައިފޯނުގެ ކްރިޓިކަލް ބައިތަކަށް ވަނުމަށް ފޭސް އައިޑީ ނުވަތަ ޓަޗް އައިޑީ ބޭނުންވުމުން ވައްކަން ކުރާ މީހަކަށް އެ ފުރުސަތެއް ނުލިބޭނެ އެވެ. ވަކިން ހާއްސަކޮށް ޑިވައިސްއިން މައުލޫމާތުތައް ފޮހެލައި އަލުން ވިއްކަން އުނދަގޫވާނެ އެވެ. ހުރިހާ ކަސްޓަމަރުންނަށް އާ ފީޗާ ނެރޭނެ ދުވަހެއް އެޕަލް އިން ހާމަކޮށްފައި ނުވި ނަމަވެސް އަންނަ އަހަރުގެ ކުރީކޮޅު އައިއޯއެސް 17.3 އާންމުކޮށް ނެރުމަށް އެޕަލް އިން އަންނަނީ ތައްޔާރުވަމުންނެވެ.

އެޕަލް އިން ނެރުނު ބަޔާނެއްގައި ބުނީ ބޭނުންކުރާ ޑިވައިސްތަކަށް ހުރި ނުރައްކާތައް އިތުރުވަމުންދާއިރު، ބޭނުންކުރާ ފަރާތްތަކަށާއި އެ މީހުންގެ ޑޭޓާއަށް ބާރުގަދަ އާ ހިމާޔަތްތަކެއް އުފެއްދުމަށް ކެނޑިނޭޅި މަސައްކަތް ކުރާ ކަމަށެވެ.

“ވަރަށް މަދު ހާލަތްތަކުގައި ވައްކަން ކުރާ މީހާ ޕާސްކޯޑަށް ވަދެ، އެއަށްފަހު ޑިވައިސް ވަގަށް ނަގާތަން ފެނިދާނެ، ވަގަށް ނެގި ޑިވައިސް ޕްރޮޓެކްޝަނުން ހިމާޔަތުގެ ޒަމާނީ އާ ފަށަލައެއް އިތުރުކޮށްދޭނެ.”

މި އެންހޭންސްމަންޓުގެ ސަބަބުން ލަސްވެގެން ގަޑިއިރެއްތެރޭގައި، އެޕަލް އައިޑީ ޕާސްވޯޑް ބަދަލުކުރުމާއި، ސްޓޯލް ޑިވައިސް ޕްރޮޓެކްޝަން ފީޗާ ނިއްވާލުމާއި، އާ ޕާސްވޯޑެއް ހެދުމާއި، ޓަޗް އައިޑީ ނުވަތަ ފޭސް އައިޑީ ޑިސެބަލް ކުރުން ފަދަ އެންމެ ނާޒުކު މަސައްކަތްތަކަށް ދެވަނަ ފޭސް އައިޑީ ނުވަތަ ޓަޗް އައިޑީ ސްކޭން ހަދަން ޖެހޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ