- Advertisement -ad image

މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް!

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. އެގޮތުން މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތުގެ ރައްޔިތެކެވެ.
ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ހަފްލާގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު، އިބްރާޙީމް ފައިސަލް އާއި މޯލްޑިވްސް މަރކެޓިންގެ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.
އައު އަހަރުގެ ފުރަތަމަ ފަތުރުވެރިއަކީ އިނގިރޭސިވިލާތުގެ ފިރިހެނެއްކަމަށްވާ ބެންޖަމިން ޑަންކަން މޯއެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ ރާއްޖޭގެ މިއަހަރުގެ އަމާޒަކީ 2 މިލިއަން ފަތުރުވެރިން ގެނައުން ކަމަށެވެ.
އަދި މި އަމާޒު ހާސިލްކުރުމަށްޓަކައި މި އަހަރުތެރޭ ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށްވަނީ ރާވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ