- Advertisement -ad image

ބޮއިކޮޓް ހަރަކާތުގެ ސަބަބުން އިންޑިޔާއިން އަންނަ ފަތުރުވެރިން މަދެއްނުވޭ: މަޓާޓޯ

ad image

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ ބަޔަކު ރާއްޖެއާ ދެކޮޅަށް ހިންގާ “ބޮއިކޮޓް މޯލްޑިވްސް” ހަރަކާތުގެ ސަބަބުން އެ ގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން މަދު ނުވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފި އެވެ.

އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންނާއި، އެމީހުން ރާއްޖޭގައި ތިބޭ މުއްދަތާ ގުޅޭގޮތުން މި މަހު އަށަކުން ފެށިގެން މަޓާޓޯއިން އިން ވަނީ ސާވޭއެއް ހަދާ އެ ސާވޭގެ ނަތީޖާ އާންމުކޮށްފައެވެ.

މި ސާވޭއިން އިންޑިއާގެ ބައެއް ބުކިންތައް ކެންސަލްކޮށް އިންޑިއާ ފަތުރުވެރިން ކޮންމެ ވެސް ވަރަކަސް މަޑުޖެހުނުކަން ވަނީ ދައްކާފަ އެވެ. ނަމަވެސް، މި މަހު އިންޑިއާ ފަތުރުވެރިން ދަށްވެފައިވަނީ، އެހެން އަހަރުތަކުގައި ވެސް މި މަހު އިންޑިއާ ފަތުރުވެރިންގެ އަދަދު މަދުވާ މިންވަރަށްކަމަށް މަޓާޓޯއިން ވަނީ ބުނެފައެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އިންޑިއާއިން އައި ނަމަވެސް، 2022 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އިންޑިއާ ފަތުރުވެރިން ވަނީ 13.3 ޕަސަންޓަށް ދަށްވެފައެވެ.

ސާވޭއިން ދައްކާ ގޮތުން އިންޑިއާ ފަތުރުވެރިން ރާއްޖެއަށް ގިނަ އަދަދަކަށް އަންނަން ފަށާފައި ވަނީ، 2020 ވަނަ އަހަރުއެވެ. އެ އަހަރު ރާއްޖެއަށް އިންޑިއާއިން 62,960 ފަތުރުވެރިން އައިސްފައިވާއިރު، 2021 ވަނަ އަހަރު 291,787 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި 2022 ވަނަ އަހަރު އެ ގައުމުން 291,787 ފަތުރުވެރިން އައިސްފައިވާއިރު، ނިމިދިޔަ 2023ވަނަ އަހަރު އިންޑިއާއިން އައިސްފައި ވަނީ 209,198 ފަތުރުވެރިންނެވެ.

އިންޑިއާގެ ރައްޔިތުންނާއި މީޑީއާއިން ލަކްޝަދީޕްއަށް ގޮސް އެތަނުގެ ގުދުރަތީ ރީތިކަން ރާއްޖެއަށްވުރެ ފުރިހަމަ ކަމަށް ދައްކައި ބޮޑު ހަރަދުކޮށްގެން ރާއްޖެ ޒިޔާރަތް ކުރުމަށްވުރެ އެރަށްތަކުގައި ފަތުރުވެރިކަން ކުރިޔަށް ގެންދިޔުމަށް ދަނީ ގޮވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ