- Advertisement -ad image

ފުރަތަމަ ދެ ހަފްތާގައި އައި ފަތުރުވެރިންގެ އަދަދު 10 އިންސައްތަ ކުރީގައި!

ad image

ގުޅުންހުރި ލިޔުންތައް

ޖެނުއަރީ މަހުގެ 14 ވަނަ ދުވަހާއި ހަަމައަށް ރާއްޖެ އައި ފަތުރުވެރިންގެ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު 10 އިންސައްތައިގެ ކުރިއެރުމެއް ވަނީ ހޯދަފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީއިން ނެރޭ ޑެއިލީ އަޕްޑޭޓްސްއިން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ދެ ހަފްތާހައި އެކަނިިވެސް ރާއްޖެއަށް ވަނީ އަދަދުތަކަށް ބަލާއިރު، 76،979 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހާއި ހަމައަށް ރާއްޖެ އައިސްފައި ވަނީ 6،996 ފަތުރުވެރިންނެވެ. 

މި އަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތަކުގެ އެއްވަނައިގަ އޮތީ 10،203 ފަތުރުވެރިންނާއެކު ރަޝިޔާއެވެ. ދެވަނައިގައި އޮތް އިޓަލީން ރާއްޖެއަށް 9،019 ފަތުރުވެރިން އައިސްފައި ވެއެވެ. މި ލިސްޓުގެ ތިން ވަނައިގައި އޮތީ 6،269 ފަތުރުވެރިންނާއެކު އަވަށްޓެރި އިންޑިޔާއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީގައިވެސް ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ތިންވަނައިގައި އޮތީ އިންޑިއާއެވެ.

ޓޫރިޒްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު އެކަނިވެސް ރާއްޖެއަށް 1,878,543 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ