- Advertisement -ad image

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ނަމާއި ލޯގޯ އަލުން ބޭނުންކުރަން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ނަމާއި ލޯގޯ އަލުން ބޭނުންކުރަން ފަށައިފިއެވެ.

އެޗްޑީސީއިން ބުނިގޮތުގައި މި ނަން ބަދަލުކުރަން ނިންމީ މިހާރު އެ ކޯޕަރޭޝަންގެ ނަމާގުޅޭގޮތުން ކަސްޓަމަރުންނަށް އަރާ އޮޅުންތައް ކުޑަކުރުމަށެވެ. އަދި އެ ކޯޕަރޭޝަނުގެ ނަން އަރބަންކޯ އަށް ރީބްރޭންޑްކޮށްފައި ވިޔަސް، އެ ނަމަށް ގާނޫނީ ހައިސިއްޔަތު ލިބިފައެއް ނުވާކަމަށާއި، ގާނޫނީ ހައިސިއްޔަތުން ތަފާތު ކަންކަމުގައި މިހާތަނަށްވެސް ބޭނުންކުރަމުން ދަނީ އެޗްޑީސީކަން އެ ކޯޕަރޭޝަނުން ފާހަގަކޮށްފައި ވެއެވެ.

އެޗް.ޑީ.ސީ އުފެއްދީ، ކުރީގެ ރައީސުލް ޖުމުހޫރިއްޔާ މައުމޫން އަބްދުލް ޤައްޔޫމްގެ އިރުޝާދުގެ ދަށުން 2001 ވަނަ އަހަރުއެވެ. ހުޅުމާލޭގައި ހުރި ދަތިތަކަށް ހައްލު ހޯދައިދެއްވުމަށް އުފެއްދި އެ ކޯޕަރޭޝަންގެ ދަށުން މިހާތަނަށް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

އެޗްޑީސީ ފާހަގަކޮށްލެވެނީ ޑިވެލޮޕްމެންޓް ދާއިރާއިން ރާއްޖޭގެ އެންމެ ތަޖުރިބާހުރި ކޯޕަރޭޝަންގެ ގޮތުގަ އެވެ.. އެ ކޯޕަރޭޝަނުން މިހާތަނަށް ހިންގި ކާމިޔާބު ޕްރޮޖެކްޓްތަކުގެ ތެރޭގައި ހުޅުމާލެ، ކުޑަގިރި، އާބަން އައިލް ހިމެނެއެވެ. މީގެ އިތުރުން ތިލަފުށި، ރަސް މާލެ އަދި ހުޅުމާލެ ފޭސް 3 ތަރައްގީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ހުއްޓުމެއްނެތި ކުރިއަށްދާކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

އެޗްޑީސީން ބުނގޮތުގައި އެ ކޯޕަރޭޝުން އެންމެ އިސްކަންދެނީ ތަރައްގީގެ މަސައްކަތްތަކަކީ އިގްތިސާދީގޮތުން ފައިދާހުރި އަދި ތަނުގައި ދިރިއުޅޭ ފަރާތްތަކުން ބަލައިގަންނަ ފަދަ ޕްރޮޖެކްޓްތަކަށް ހެދުމަށެވެ. އަދި މިކަން ހާސިލް ކުރުމަށް އެކޯޕަރޭޝަނުން ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ ބޯހިޔާވަހިކަން ތަރައްގީކޮށް އެންމެނަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށާއި  އަމާޒަކީ ތަރައްގީކުރާ ސިޓީތަކުގައި އިޖްތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުން، އަދި ތިމާވެށިގެ ދާއިރާއިން ދެމެހެއްޓެނިވި ތަރައްގީ ގެނެސްދިން ކަމަށް ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ