- Advertisement -ad image

ހޮންގްކޮންގް އެއާލައިންސްގެ ރާއްޖޭގެ ދަތުރުތައް އަލުން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

ހޮންގްކޮންގް އެއާލައިންސް އިން ރާއްޖެއަށް ސީދާ ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ.

އެ އެއާލައިނުން ރާއްޖެއަށް ސީދާ ޝެޑިއުލް ދަތުރުތައް އަލުން ފަށާފައިވަނީ ހުކުރު ދުވަހު އެވެ.

ހޮންގްކޮންގް އެއާލައިންސް އިން ރާއްޖެއަށް އެންމެ ފުރަތަމަ ޗާޓަރު ސީދާ ދަތުރުތައް ފަށާފައިވަނީ 2011 ވަނަ އަހަރު އެވެ. ޝެޑިއުލް ދަތުރުތައް 2018 ވަނަ އަހަރު ފެށި އިރު، 2020 ވަނަ އަހަރުގެ ކުރީކޮޅު ކޮވިޑް-19 ގެ ބަލިމަޑުކަމާ ހަމައަށް ވެސް ދަތުރުތައް ކުރިއަށް ދިޔަ އެވެ. 

އޭގެފަހުން ކޮވިޑް-19ގެ ލޮކްޑައުން އާ ގުޅިގެން ރާއްޖެއަށް ކުރަމުން އައި ފްލައިޓް ދަތުރުތައް އޮތީ މެދުކެނޑިފަ އެވެ.

ހުކުރު ދުވަހު ދަތުރުތައް ފެށުމާއެކު އެ އެއާލައިނުން މާލެ އާއި ހޮންކޮންއާ ދެމެދު ހަފްތާއަކު ތިން ފްލައިޓް (ކޮންމެ ބުދަ، ހުކުރު އަދި ހޮނިހިރު ދުވަހު) އޮޕަރޭޓް ކުރާނެ އެވެ.

ވެލާނާ އިންޓަރނޭޝަނަލް އިން ވަނީ މި ފްލައިޓް ޖެއްސި ވަގުތު ބޮޑުބެރާއެކު ހޫނު މަރުހަބާއެއް ކިޔާފަ އެވެ. 

ލައިޓް ޓައިމްސް (ލޯކަލް ޓައިމްސް):

ހޮންގްކޮންގް (މެންދުރު ފަހު 3:40) – މާލެ (ހަވީރު 7:35)
މާލެ (ރޭގަނޑު 9:20) – ހޮންކޮންގް (ހެނދުނު 6:35)

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ