- Advertisement -ad image

އައިފޯނު ހިއްކަން ހަނޑޫ ތެރެއަށް ނުލާތި: އެޕަލް

ad image

ގުޅުންހުރި ލިޔުންތައް

އައިފޯނު ތެމިއްޖެނަމަ ހިއްކަން ހަނޑުލުގެ ތެރެއަށް ނުލުމަށް އިން އިލްތިމާސްކޮށްފިއެވެ.

މި ޓެކްނޮލޮޖީގެ މަގުބޫލުކަން ހުރި ނަމަވެސް ތަޖުރިބާކާރުން ވަނީ އެކަމާ ދެކޮޅަށް ގިނަ ދުވަސްތަކެއް ވަންދެން އިންޒާރު ދީފައެވެ.

އަދި މިހާރު ޓެކް ޖަޔަންޓް އަމިއްލައަށް ވެސް ވަނީ ބޭނުންކުރާ ފަރާތްތަކަށް އިރުޝާދުތައް ޝާއިއުކޮށް، ހނަޑުލުގައި ހުންނަ ކުދިކުދި މާއްދާތަކުގެ ސަބަބުން ފޯނަށް އިތުރު ގެއްލުން ލިބޭނެކަމަށް ވަނީ ބުނެފައެވެ.

އޭގެ ބަދަލުގައި މަޑުމަޑުން ފޯނު ތަޅުވާލައިގެން ފެންތައް ބޭރުކުރުމަށްފަހު، ފޯނު ކަނެކްޓަރު ތިރިއަށް ވާގޮތަށް ހިކެންދެން ބޭއްވުމަށް އެ ކުންފުނިން ބުންޏެވެ.

ސްމާޓްފޯންތައް ގިނަވަމުންދާއިރު، ފޯނު ފެނަށް ވެއްޓިފައިވާ ނަމަ، އެ ރަނގަޅު ކުރުމަށް މީހުން ޤަބޫލުކުރާ ގިނަ މަޤްބޫލު ގޮތްތަކެއް ހުރެއެވެ.

އެޕަލް އިން ވަނީ އޭގެ ތެރެއިން ގިނަ ކަންކަމުން ކަސްޓަމަރުން ދުރުކުރުމަށް އިރުޝާދުތަކެއް ދީފައެވެ.

އެގޮތުން ހަނޑުލަށް ފޯނުލުމުން ދުރުހެލިވުމުގެ އިތުރުން “ރެޑިއޭޓަރާއި، ހެއާޑްރަޔާ” ބޭނުންކޮށްގެން ތެތް ފޯނެއް ނުހިއްކުމަށްވެސް އެޕަލްއިން ވަނީ އިލްތިމާސްކޮށްފައެެވެ.

އަދި ފޯނުގެ ތެރެއަށް ކ”ކަފަބުރު ތުވާލި ފަދަ އެއްޗެހި” ވައްދަން މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ. އަދި އޭގެ ބަދަލުގައި ފޯނު ޗާޖަރަކަށް އަލުން ގުޅާލުމުގެ ކުރިން ވައި ދައުރުވާ ހިކި ސަރަހައްދެއްގައި ފޯނު ބެހެއްޓުމަށް އިރުޝާދު ދީފައިވެއެވެ.

އައިފޯން 12 އިން ފެށިގެން އެޕަލްގެ ހުރިހާ ޑިވައިސްތަކަކަށް ވެސް ހަ މީޓަރު އަޑީގައި ބައިގަޑިއިރުވަންދެން ފެންނުވަދެ ބޭނުންކުރެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ