ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައިހުރި ގިނަ އަދަދެއްގެ މުދާ ވިއްކާލުމަށް އިއުލާނު ކޮށްފިއެވެ.
އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ވަނީ އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައިހުރި ގިނަ އަދަދެއްގެ ބާ މުދާ ނީލަމުގައި ވިއްކާލުމަށްޓަކައި އެތަކެތީގެ ލިސްޓް އާންމު ކޮށްފައިވާ ކަމަށެވެ. އަދި އެ މުދާތައް ގަންނަން ބޭނުންވާ ފަރާތްތަކަށް މުދާ ދެއްކުމާއި، އިތުރު މައުލޫމާތު ދިނުން 27 ޖޫން 2024 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ކުރިއަށް ދާނެކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
އެ ކޯޕަރޭޝަނުން ނީލަމުގައި ވިއްކާލުމަށް ނިންމާފައިވަނީ ކުރިން އެ ކުންފުނީގައި ބޭނުންކޮށް ހަލާކުވެފައިވާ އޮފީސް ފަރުނީޗަރާއި، ބައެއް އިކިއުޕްމަންޓް، ބާ ދަގަނޑުފަދަ ތަކެތި، ސައިކަލު އަދި ޓަޔަރު ފަދަ ތަކެއްޗެވެ.
އެޗްޑީސީން ނީލަން ކިޔާ ތަކެތީގެ ލިސްޓާއިއެކު ލޮޓްތަކުގެ ތަފުސީލުތައް ވެސް ހިމަނާފައިވާއިރު، ކޮންމެ ލޮޓަކަށް ވެސް ވަކިން ބައިވެރިވުމުގެ ފުރުސަތު ކޮންމެ ފަރާތަކަށް ވެސް ލިބިގެންދާނެކަމަށް ބުނެފައިވެއެވެ.