ކ. ތިލަފުށީގައި ހުސްބިންތައް ހުރިނަމަ އިތުރު ފަރާތްތަކަށް ބިން ކުއްޔަށް ނެގުމަށް ފުރުސަތު ހުޅުވާލާނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީ އިން މީގެ ކުރިން ވަނީ ތިލަފުށީގައި ހުރި ހުސް ބިންތައް ކުއްޔަށް ނެގުމަށް ހުޅުވާލާފައެވެ. އަދި އެ ބުރުގައި ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނުކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެޗްޑީސީން ވަނީ ސިޓީ ލިބުނު ތަރުތީބަށް ބަލައި އެ ކޯޕަރޭޝަނުގެ އުސޫލުތަކާއި މާސްޓަރ ޕްލޭނާއި އެއްގޮތްވާ ގޮތުގެ މަތިން ބިމުގެ ޖާގަ ހުރިވަރަކުން ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ.
މީގެއިތުރުން މިހާރު ސިޓީ ހުށަހަޅާފައިވާ ފަރާތްތަކަށް ބިން ކުއްޔށް ދޫކުރުމުގެ މަރުހަލާ ނިމުމުން، ހުސްބިންތައް ހުރިނަމަ އިތުރު ފަރާތްތަކަށް ބިން ކުއްޔަށް ނެގުމަށް ފުރުސަތު ހުޅުވާލާނެކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.



