މިދިޔަ ފަސް އަހަރާއި އަޅާބަލާއިރު، މިއަހަރުގެ ޖުލައި މަހު ރެކޯޑު އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓަރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ހުސްވި ޖުލައި މަހުގެ 30 ވަނަ ދުވަހާއި ހަމަޔަށް ރާއްޖެއަށް 161،443 ފަތުރުވެރިން ވަނީ އައިސްފައެވެ.
2023 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 1،878،543 ފަތުރުވެރިންނެވެ. އަދި 2022 ވަނަ އަހަރު އައިސްފައިވަނީ 1،675،303 ފަތުރުވެރިންނެވެ. 2020 ޖުލައި 31ގެ ނިޔަލަށް 1،752 ފަތުރުވެރިން އައިއިރު އޭގެ ކުރީ، 2019 ޖުލައި 31ގެ ނިޔަލަށް އައިސްފައި ވަނީ 132،144 ފަތުރުވެރިންނެވެ.
ޖުލައިމަހުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެޤައުމުން 157،560 ފަތުރުވެރިން އައިސްފައިވެއެވެ. ދެވަނައިގައި އޮތީ 125،377 ފަތުރުވެރިންނާއެކު ރަޝިޔާއެވެ. އަދި 104،173 ފަތުރުވެރިންނާއެކު ތިންވަނައިގަ އޮތީ ޔޫކޭ އެވެ.
ނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5،381 ޓޫރިސްޓުން ކަމަށް ވާއިރު، އެވްރެޖްކޮށް ޓޫރިސްޓުން ރާއްޖޭގައި ހަތް ދުވަހަށް ވުރެ ގިނަ ދުވަހު ތިބެފައިވެއެވެ.