ބީއެމްއެލް އިން ޕޭރޯލް އާއި ބަލްކް ޓްރާންސްފާ ކުރުމަށް އިންޓަނެޓް ބޭންކިން އަދި ފަވަރަ ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
އަދި ބީއެމްއެލްގެ އިންޓަނެޓް ބޭންކިންއާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފަވަރަ މެދުވެރިކޮށް ވެސް ޕޭރޯލް އަދި ބަލްކް ޓްރާންސްފާގެ ޚިދުމަތް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ބޭންކުން ބުންޏެވެ. އަދި ބޮޑެތި އަދަދުތަކުން ޖަމާކުރުމަށް ދެން ރިކުއެސްޓް ކުރަން ޖެހޭނީ ކުރިން ވެސް އެކަން ކުރަމުން އައި ގޮތަށް، އީމެއިލް މެދުވެރިކޮށް ކަމަށެވެ. ބޭންކުން ބުނީ [email protected] އަށް މެއިލް ރިކުއެސްޓް ފޮނުވުމުން މުސާރަ އާއި ބޮޑެތި އަދަދުތައް ޖަމާކުރުން ޕްރޮސެސް ކުރާނެ ކަމަށެވެ.
ބީއެމްއެލްއިން އޮޅުމަކުން ބައެއް އެކައުންޓްތަކަށް ބިލިއަނުން ޑޮލަރު ޖަމާވި މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހު ފެންމަތިވިއެވެ.
މި މައްސަލާގައި އެ ބޭންކަށް މާލީ ގޮތުން އެއްވެސް ގެއްލުމެއް ވެފައި ނުވާ ކަމަށާއި މިކަން މެދުވެރިވީ ޕޭރޯލް ހެދުމުގައި ގެންގުޅުނު ބަލްކް ޕޭމަންޓް ސިސްޓަމަށް ގެނައި ބަދަލެއްގެ ސަބަބުން ހެދުނު ގޯހެއްގައި ކަމަށް ފަހުން ބުނެފައިވެއެވެ.



