Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޕާޓާ ޓްރެވަލް މާޓް 2024 ގައި ދިވެހިރާއްޖެއިން ތަފާތު ބާވަތްތަކުގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އެމްއެމްޕީއާރުސީ އާއި މަޓާޓޯ ގުޅިގެން، އޯގަސްޓް 27 އިން 29 އަށް ތައިލެންޑުގެ ބެންކޮކުގައި ހުންނަ ކުއީން ސިރިކިތް ނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ބޭއްވުނު ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ޓްރެވަލް މާޓް 2024 ގައި ދިވެހިރާއްޖޭގެ ޓޫރިޒަމްގެ އެކި ދާއިރާތައް ދައްކުވައިދީފިއެވެ.

މި 3 ދުވަހުގެ އިވެންޓުގައި “ޑެސްޓިނޭޝަން މޯލްޑިވްސް” ޕްރޮމޯޓްކުރުމުގައި އަމާޒުކުރެވިފައިވަނީ ރާއްޖޭގެ ޚާއްޞަ ޖިއޮގްރަފީއާއި، ކަނޑުއަޑީގެ ފުރާނަ އެކުލެވޭ ދިރުންތަކާއި، އަދި ތަފާތު ބާވަތްތަކުގެ ހުރުމުގެ އިންތިޒާމުތައް ދައްކުވައިދިނުމަށެވެ. އެމްއެމްޕީއާރްސީން ވަނީ މިކަމުން ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަޤާމު ބަދަހިވެގެންދާނެކަމަށް ބުނެފައެވެ.

މި އިވެންޓުގައި ރާއްޖެ ތަމްސީލުކުރި ބައިވެރިންގެ ތެރޭގައި އެމްއެމްޕީއާރުސީގެ ޗެއަރޕާސަން އަބްދުﷲ ޣިޔާޘް ރިޔާޟް، އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ (ސީއީއޯ އެންޑް އެމްޑީ) އިބްރާހީމް ޝިއުރީ، މަޓާޓޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އާމިނަތު ސޫޒަން، އަދި މުހިންމު އިންޑަސްޓްރީ ޕާޓްނަރުންގެ ތެރެއިން ދިގުފަރު އައިލެންޑް ރިސޯޓް، ފުރަވެރި މޯލްޑިވްސް، އިންނަރ މޯލްޑިވްސް، ޕްލުމޭރިއާ، ރިޔޯކޯ މޯލްޑިވްސް، ސްޓޯން ހޮޓެލްސް މޯލްޑިވްސް، ސަން ސިޔާމް ޓްރެވަލްސް، އަދި ކާނީ ހޮޓެލްސް އެންޑް ރިސޯޓް ހިމެނެއެވެ.

މި އިވެންޓުގައި ކޮންމެ ފަރާތަކުންވެސް ދިވެހިރާއްޖެއިން ލިބެންހުރި ތަފާތު ތަޖުރިބާތައް ދައްކުވައިދީފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ މަޑުމައިތިރި ރަށްރަށުގެ ތަޖުރިބާތަކުން ފެށިގެން ފެނުއަޑީގެ ފޯރިގަދަ މަޖާ ތަޖުރިބާތަކާ ހަމައަށެވެ. 

“ދިވެހިރާއްޖޭގެ އެންމެ ބޮޑު އިޤްތިޞާދީ ޞިނާޢަތަކީ ފަތުރުވެރިކަން ކަމަށްވާތީ، މި މައުރަޒުގައި ބައިވެރިވުމުން އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ވަސީލަތްތައް ޕްރޮމޯޓްކުރުމަށާއި، މި ޞިނާޢަތުގައި ދެމެހެއްޓެނިވި ކުރިއެރުން ހޯދުމަށް ބައިނަލްއަޤްވާމީ ބައިވެރިންނާއެކު މަސައްކަތްކުރުމަށް އޮތް އަޅުގަނޑުމެންގެ އަޒުމު އިތުރަށް ވަރުގަދަކުރުމަށް އެހީތެރިވެދީފައިވާނެ” ޝިއުރީ ވިދާޅުވިއެވެ.

ޕާޓާ ޓްރެވަލް މާޓް 2024 އަކީ ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ތައިލެންޑުގައި ޤާއިމުކުރެވުނުތާ 25 އަހަރު ފުރުނު ޚާއްޞަ މުނާސަބަތެވެ. މި އިވެންޓުގައި ހިމެނުނީ އެއް ދުވަހުގެ ކޮންފަރެންސްއަކާއި، ވިޔަފާރިތަކުގެ މެދުގައި ބޭއްވުނު ޓްރެވަލް މާޓަކާއި، އަދި ގިނަ ޢަދަދެއްގެ ނެޓްވޯކިންގ ސެޝަންތަކެކެވެ. 

މި އިވެންޓަކީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ޖަމްޢިއްޔާތަކަށް ނިންމުންތައް ނިންމާ ފަރާތްތަކާ ބައްދަލުކުރުމަށާއި، އެ ފަރާތްތަކުގެ ނެޓްވޯކް ފުޅާކުރުމަށާއި، އަދި އައު ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމަށް ލިބޭ މަންޗެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އިވެންޓެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ