އަންނަމަހުން ފެށިގެން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބީއެމްއެލްގެ ޑެބިޓް ކާޑު މެދުވެރިކޮށް ޑޮލަރު ނެގޭ މިންވަރު 1200 ޑޮލަރަށް އިތުރުކުރުމަށް ނިންމައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑެބިޓް ކާޑު މެދުވެރިކޮށް ޑޮލަރު ނެގޭ މިންވަރު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ބަދަލާއެކު ލިމިޓް 750 ޑޮލަރުން 1200 ޑޮލަރަށް ބަދަލުވާނެއެވެ.
ބީއެމްއެލްއިން ބުނީ، މި ބަދަލާއެކު އައު ލިމިޓަށް ބަދަލުވާން ބޭނުންވާ ދަރިވަރުން އެކަމާއި ގުޅޭ ލިޔެކިއުންތަކާއިއެކު ބީއެމްއެލްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން އެކަން ހަމަޖެހޭނޭކަމަށެވެ. އަދި މިކަމާއި ގުޅޭ އިތުރު ތަފްސީލް ހާމަކުރަމުންދާނެ ކަމަށްވެސް އެ ބޭންކުން ބުނެއެވެ.



