ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދާ 15 މުހިންމު މަޝްރޫޢު “ޓްރާންސްފޯމިންގ ޓުމޯރޯ” ގެ ނަމުގައި ރޭ ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި މި މަޝްރޫޢުތައް އިފްތިތާޙުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ.
މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ:
ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް:
ރަސްމާލެ ޕްރޮޖެކްޓް
ހުޅުމާލޭގައި ހިންގާ ދެ ސޯޝަލް ހައުސިންގ މަޝްރޫޢު (2,100 ފްލެޓް)
ރޯ ހައުސް މަޝްރޫޢު (ހުޅުމާލެ ފޭސް 2 ގައި 32 ޔުނިޓް)
ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކަށް ޚާއްޞަ ޕްރީފެބް ގޭގެ މަޝްރޫޢު
މުނިފޫހިފިލުވުމާއި ދަތުރުފަތުރުގެ މަޝްރޫޢުތައް:
އައިލް އެޑްވެންޗަރ ޕާކް (ރޭސިންގ ޓްރެކް، ޑްރިފްޓް ޓްރެކް، ގޯ-ކާޓް ޓްރެކް، ރޯލަރ ސްކޭޓިންގ، އަދި ވޯޓަރ ތީމް ޕާކް ހިމެނޭ)
15 ޕާކިންގ އިމާރާތް
ކުޑަގިރި ތަރައްގީކުރުން
އެހެނިހެން މަޝްރޫޢުތައް:
ފަރުކޮޅުފުށި ގޭޓެޑް ކޮމިއުނިޓީ (ލަގްޒަރީ ވިލާތަކަށް)
އެސްއޯއީތަކަށް ޚާއްޞަ އޮފީސް އިމާރާތް އަދި ކޮމާޝަލް ސްޕޭސް
އެޗްޑީސީގެ ހެޑް އޮފީސް އިމާރާތް
އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ އެލްޑަރލީ ކެއަރ ފެސިލިޓީ
ހިސްޓްރީ ސެންޓަރ
ނޮލެޖް ޕާކް
ގަލްފަޅު ލަގޫންގައި “ނޫވެލި” ލަގްޒަރީ ގެތަކުގެ މަޝްރޫޢު
މީގެއިތުރުން އައިލް އެޑްވެންޗަރ ޕާކުގެ ޑިޒައިން ކޮންސަލްޓަންސީ އަދި އޮޕަރޭޝަންސްއާ ގުޅޭ ތަމްރީނުތަކާ ބެހޭ އެމްއޯޔޫއެއްގައިވެސް މި ރަސްމިއްޔާތުގައި ސޮއިކޮށްފައިވެއެވެ.
މި މަޝްރޫޢުތަކަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯއާ އެއްގޮތަށް، ހުޅުމާލެ ހިމެނޭގޮތަށް އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތައް ތަރައްޤީކުރުމަށް ފަށާ މަޝްރޫޢުތަކެކެވެ.
ޚާއްޞަކޮށް، މި ސަރުކާރުގެ ދައުރުގައި ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމުގެ ރިޔާސީ ވަޢުދު ފުއްދުމަށް މި މަޝްރޫޢުތަކުން މަގުފަހިވާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.