ރޯދަމަހު ތަކެތީގެ އަގު ކޮންޓްރޯލް ކުރަން އެސްޓީއޯއާ އެކު މަޝްވަރާތައް ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީ އިން ބުނީ ކުރިއަށް އޮތް 2025 ވަނަ އަހަރުގެ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެސްޓީއޯގެ ޓީމާ އިއްޔެ ބައްދަލުކުރައްވާފައިވާކަމަށާއި، މި ބައްދަލުވުމުގައި ތަކެތީގެ އަގުތައް ބޮޑުވިޔަ ނުދީ ހިފެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް މަޝްވަރާކުރެވުނު ކަމަށެވެ.
އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން އަސާސީ ބޭނުންތަކުގެ މުދާ މެދުނުކެނޑި ލިބެން ހުރުން ކަށަވަރު ކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވާކަމަށް ބުނެފައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވަނީ ކުރިއަށް އޮތް ރޯދަ މަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މިދިޔަ ރޯދަ މަހު ވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ސަރުކާރުން ދީފައިވެއެވެ.