އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ވޭތުވެދިޔަ ދެ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
އެގޮތުން 2022 ވަނަ އަހަރު ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 1.6 މިލިއަން އެވެ. އަދި 2023 ވަނަ އަހަރު ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 1.8 މިލިއަނެވެ.
ޑިސެމްބަރު މަހުގެ ފެށުނީއްސުރެ މިހާތަނަށް ރާއްޖެއަށް 82,484 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީވެސް ވޭތުވެދިޔަ ދެ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން 257,794 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މުޅި ޖުމްލަ 13.4 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ. ރަޝިޔާއިން 212,685 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މުޅި ޖުމްލައިގެ 11.1 އިންސައްތައެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޔޫކޭއިންނެވެ. ޔޫކޭއިން 168,460 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މުޅި ޖުމްލައިގެ 8.8 އިންސައްތައެވެ.
ވޭތުވެދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމު ކަމުގައިވާ އިންޑިޔާ މިހާރު ވަނީ 6 ވަނައަށް ވެއްޓިފައެވެ. އިންޑިޔާއިން 121,490 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މުޅި ޖުމްލައިގެ 6.3 އިންސައްތައެވެ.
ދިވެހި ސަރުކާރުން ވަނީ މިއަހަރުގެ ނިޔަލަށް 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް އަމާޒު ހިފާފައެވެެ.