މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ޗައިނާގެ ޗެންގްޑޫ އަށް ފަށައިފި އެވެ.
މޯލްޑިވިއަން އިން ވަނީ އެ އެއާލައިންގެ ވައިޑް-ބޮޑީ މަތިންދާބޯޓުން ޗައިނާއަށް ދަތުރުތައް ފަށާނީ މިއަދު ކަމަށް މީގެ ކުރިން ބުނެފައެވެ.
އެ ބޯޓުގައި ޗައިނާގެ ޗެންގްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި 52 ފަސިންޖަރުން ވަނީ ޗައިނާ އަށް ދަތުރުކޮށްފަ އެވެ. އޭގެތެރެއިން 32 މީހުންނަކީ ފަތުރުވެރިންނެވެ.
އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ފޭސްބުކްގައި ރޭ ކުރި ޕޯސްޓެއްގައި ބުނީ، ޗައިނާގެ ޗެންގްޑޫއަށް އެ އެއާލައިނުން ކުރި އިފްތިތާހީ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް މަރުހަބާކީ ފަހުރުވެރިކަމާއެކުގައި ކަމަށެވެ. އަދި ފްލައިޓު ނައްޓާލީއްސުރެ ޖެއްސުމާ ހަމައަށް ތަފާތު ތަޖުރިބާތަކެއް ކުރެވުނު ކަމަށް ބުންޏެވެ.
މި ބޯޓުން ޗައިނާގެ 3 ސިޓީއަކަށް ދަތުރުތައް ބާއްވަން ހަމަޖެހިފައެވެ. އެއީ ޗެންގްޑޫގެ އިތުރުން ޝެންހާއި، އަދި ބެއިޖިންއަށެވެ.
މިއީ 264 މީހުންގެ ޖާގައިގެ ބޯޓެކެވެ.