ހުސްވި ޖެނުއަރީ މަހު އެކަނިވެސް ރެކޯޑު އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އިމިގްރޭޝަނުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ މަހު އެކިަނިވެސް 214،863 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 11 އިންސައްތައިގެ ކުރިއެރުމެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ 192،381 ފަތުރުވެރިންނެވެ.
މިއަހަރު ފަތުރުވެރިން އެންމެ ގިނައިން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނެނީ:
- ޗައިނާ – 35،948 ފަތުރުވެރިން
- ރަޝިއާ – 21،835 ފަތުރުވެރިން
- އިޓަލީ – 19،766 ފަތުރުވެރިން
- އިނގިރޭސިވިލާތް – 19،011 ފަތުރުވެރިން
- ޖަރުމަނު – 12،571 ފަތުރުވެރިން
- އިންޑިއާ – 10،170 ފަތުރުވެރިން
- ފްރާންސް – 7،324 ފަތުރުވެރިން
- އެމެރިކާ – 6،563 ފަތުރުވެރިން
- ޕޮލެންޑް – 4،592 ފަތުރުވެރިން
- ސައުތް ކޮރެއާ – 3،622 ފަތުުރުވެރިން
އިމިގްރޭޝަނުން ބުނީ އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 6،931 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާކަމަށެވެ. އަދި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހު ޖުމްލަ 9،199 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.